ރާއްޖޭގައި މިއުޅެނީ ކޮވިޑުގެ އާ ވޭރިއަންޓެއް: ޑރ. މުހައްމަދު އަލީ

ރާއްޖޭގައި މިހާރު މި ފެންނަނީ އާ ވޭރިއަންޓެއް ކަމުގައި ޑރ. މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ. ޑރ މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ. ޑރ. މުހައްމަދު އަލީ ވިދާޅުވީ ފެންނަ ފެނުމަށް މާ ނުރައްކާ ކ...

07 May 2021 | 18:22

ރާއްޖޭގައި މިހާރު މި ފެންނަނީ އާ ވޭރިއަންޓެއް ކަމުގައި ޑރ. މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.

ޑރ މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ.

ޑރ. މުހައްމަދު އަލީ ވިދާޅުވީ ފެންނަ ފެނުމަށް މާ ނުރައްކާ ކަމަށެވެ. ފުއްޕާމެއަށް މާ ބޮޑަށް އަސަރު ކުރުވާކަމަށެވެ. އަވަހަށް ފެތުރިގަންނަ ކަމަށެވެ.

https://twitter.com/Moxamedalu/status/1390730121108070402

ޑރ އިލްތިމާސް ކުރައްވާފައިވަނީ ތިމާގެ ކޮންޓެކްޓް ބަބުލް ކުޑަ ކުރުމަށެވެ. މުޅި ރާއްޖެ މާސްކު އެޅުމަށެވެ. އަދި އަތް ދޮވުމަށެވެ. އަދި ހުރިހާ ކަމަކަށްވުރެ މުހިންމޫ މާތް ﷲގެ ހަޒްރަތުގައި ދުއާ ދެންނެވުން ކަމަށެވެ.

ޑރ ގެ މި ޓްވީޓަށް މީހަކު ކޮށްފައިވާ ސުވާލަކަށް ޖަވާބުދެއްވަމުން ޑރ ވިދާޅުވެފައިވަނީ މިއީ މީގެ ކުރިން ރާއްޖެއިން ފެނިފައިނުވާ ސްޓްރެއިން އެއް ކަމަށާއި ނަމަވެސް މިއީ މުޅިން އާ ސްޓްރައިން އެއްތޯ އަދި ސާފު ނުވާކަމަށެވެ. މީގެ އިތުރުން ވެކްސިނަށް މި ސްޓްރެއިން އެފެކްޓިވްތޯ މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންވެސް ޑރ ވިދާޅުވެފައިވަނީ އަދި ނޭނގޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް