ރައީސް ނަޝީދަށް އަމާޒުކޮށް ރޭގައި ދިން ބޮމުގެ ހަމަލާގައި ގޮއްވާލީ އައިއީޑީއެއް ކަމަށާއި ބޮމުގެ އެފެކްޓް ބޮޑުކޮށް ބާރުގަދަ ކުރަން އެ ބޮމަށް ގިނަ އަދަދެއްގެ ރޭޒަރ ފުއް އަޅާފައިހުރިކަމުގައި އެމްއެންޑީއެފުން ބުނެފިއެވެ.
މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ދުވަހުގެ ނޫސްވެރިޔާ ފާތިމަތު ނަޒީފާ ކުރި ސުވާލަށް ޖަވާބުދެއްވަމުން ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް ވިދާޅުވީ ގޮއްވާލީ އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އެއް ކަމަށެވެ.
އައިއީޑީ ގޮއްވާލުމުގައި ބޭނުންކޮށްފައިވަނީ ރިމޯޓެއް ކަމުގައި ބެލެވޭކަމަށްވެސް ޝަމާލް ވިދާޅުވިއެވެ.
ބޮމާ ގުޅޭ އިތުރު މައުލޫމާތަށް ދަމުން، ޝަމާލް ވިދާޅުވީ ރޭގެ ބޮމަކީ 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ގޮއްވާލި ބޮމަށްވުރެ އެތައް ގުނައެއް ބާރުގަދަ ބޮމެއް ކަމަށެވެ.
ތަފްސީލް އަންނަނީ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް