ސަލްޓަން ޕާކުގައި ގޮއްވާލި ބޮމަށްވުރެ ރޭގައި ގޮއްވާލި ބޮން އެތައް ގުނައެއް ބާރުގަދަ: އެމްއެންޑީއެފް

ސަލްޓަން ޕާކުގައި ގޮއްވާލި ބޮމަށްވުރެ ރޭގައި ގޮއްވާލި ބޮން އެތައް ގުނައެއް ބާރުގަދަ: އެމްއެންޑީއެފް 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ގޮއްވާލި ބޮމަށްވުރެ ރޭގައި ގޮއްވާލި ބޮން އެތައް ގުނައެއް ބާރުގަދަ...

07 May 2021 | 17:49

ސަލްޓަން ޕާކުގައި ގޮއްވާލި ބޮމަށްވުރެ ރޭގައި ގޮއްވާލި ބޮން އެތައް ގުނައެއް ބާރުގަދަ: އެމްއެންޑީއެފް

2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ގޮއްވާލި ބޮމަށްވުރެ ރޭގައި ގޮއްވާލި ބޮން އެތައް ގުނައެއް ބާރުގަދަ ކަމުގައި އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން މިކަން ހާމަކޮށްފައިވަނީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ދުވަހުގެ ނޫސްވެރިޔާ، ފާތިމަތު ނަޒީފާ ކުރި ސުވާލަށް ޖަވާބުދެއްވަމުން ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް ވިދާޅުވީ ރޭގެ ބޮން އެތައް ދަރަޖައެއް ބާރުގަދަ ކަމަށެވެ.

ޝަމާލް ވިދާޅުވީ ގޮއްވާލީ ކޮމާންޑް ޑިޓޮނޭޝަނެއް ބޭނުންކޮށްގެން ކަމަށް މިހާތަށް ބެލި ބެލުމުން ބުރަވެވޭ ކަމަށެވެ. ޓައިމްޑް ޑިޓޮނޭޝަނަކީ ފޯނެއް ނުވަތަ ރިމޯޓެއް ބޭނުންކޮށްގެން ގޮއްވާލެވޭ ގޮއްވާލުމެކެވެ. ޝަމާލް ވިދާޅުވީ ބޮޑަށް ބެލެވޭ ގޮތުގައި ބޭނުންކޮށްފައިވަނީ ކުޅޭ ކާރުފަދަ ތަކެތީގައި ބޭނުންކުރާ ކަހަލަ ރިމޯޓެއް ކަމަށެވެ.

ތަފްސީލްއަންނަނީ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް