އިތުރު ހަމަލާއެއް މައުލޫމާތު ރޭ އެމްއެންޑީއެފް އަށް ލިބުނު ކަމަށް ޝަމާލް ވިދާޅުވެއްޖެ

ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ އިތުރުން ހަމަލާއެއް މައުލޫމާތު ރޭ އެމްއެންޑީއެފް އަށް ލިބުނު ކަމަށް  ޗީފް އޮފް ޑިފެންސް ފޯސް މޭޖާރ ޖެނެރަލް އަބްދުﷲ ޝަމާލް މިއަދު ވިދާޅުވެއްޖެ އެވެ....

07 May 2021 | 17:38

ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ އިތުރުން ހަމަލާއެއް މައުލޫމާތު ރޭ އެމްއެންޑީއެފް އަށް ލިބުނު ކަމަށް  ޗީފް އޮފް ޑިފެންސް ފޯސް މޭޖާރ ޖެނެރަލް އަބްދުﷲ ޝަމާލް މިއަދު ވިދާޅުވެއްޖެ އެވެ.

ޝަމާލް މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެތަނުގައި އިތުރު ޑިވައިސްއެއް އޮތްކަމުގެ މައުލޫމާތު ލިބި އެ ތަން އިވެކުއޭޓް ކުރުމަށާއި، އެ ނައްތާލާނެ ޓީމްތައް އެތަނަށް ދިޔަ ކަމަށް ވިދާޅުވިއެވެ. އެކަމަކު އެތަނަށް ދިޔައިރު އެއީ، ދޮގު މައުލޫމާތެއް ކަން އެނގުނު ކަމަށާއި، އިތުރު އެއްޗެއް ނެތް ކަމަށް ވިދާޅުވިއެވެ.

އެކަމަކު އެފަދަ ހަމަލާތަކަކީ އާންމުކޮށް އެކި ސަރަހައްދުތަކުން އެއްފަހަރާ ދޭ ހަމަލާތަކެއް ކަމުން ވަގުތުން ވަގުތަށް އެއަށް އެޓެންޑްވެފައިވާނެ ކަމަށް ވިދާޅުވިއެވެ.

ޝަމާލް ވިދާޅުވީ ގޮއްވާލީ ޓައިމް ކޮށްފައި އޮތް އެއްޗެއް ނޫން ކަމަށެވެ. އަދި އެއީ ރިމޯޓް ކޮންޓްރޯލްޑް އެއްޗެއް ކަމަށެވެ. 2007ގައި ސަލްޓަން ޕާކުގައި ގޮއްވާލި އެއްޗަށް ވުރެ މީގެ ބާރު ގަދަ ކަމަށް ވިދާޅުވިއެވެ. އަދި އޭގެ ތެރޭގައި ރޭޒަރ ފުށް ލާފައި ހުރި ކަމަށާއި، އެއި ހަމަލާ ވަރުގަދަކުރުމަށް ކުރާ ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި އެއީ ހޯމް ބޭސްޑް އެއްޗެއް ކަމަށް ވިދާޅުވިއެވެ.

އޭގައި ބޭނުންކޮށްފައި ހުރި މެޓީރިއަލްއަކީ ޑޮމެސްޓިކް ބޭނުންތަކަށް ވެސް ބޭނުންކުރެވޭ އެއްޗެހި ކަމަށާއި، އަދި އެއީ ސީދާ ކޮންކޮން މެޓީރިއަލްއެއް ކަން ދަންނަވަން ދަތި ކަމަށް ވިދާޅުވިއެވެ. ޝަމާލް ވިދާޅުވީ އޭގައި ބޭނުންކުރި މެޓީރިއަލް އަށް ވުރެ އެކަން ކުރަން އެނގޭ އެކަމުގެ ތަޖުރިބާ ހުރި މީހުން ޜާއްޖޭގައި އުޅުމަކީ މާ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. އެގޮތުން ދިވެހިން ހަނގުރާމަތަކުގައި ވެސް ބައިވެރިވަމުންދާތީ އެކަންކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް