ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް އެއްޗެއް ގޮއްވާލައިގެން ރޭ ޓެރަރިސްޓު ހަމަލާއެއް ދެވުމަކީ ފުލުހުންނާއި ސިފައިންގެ އިންޓެލިޖެންސް ފައިލްވެފައިވާވަރު ފެނިގެންދާ ކަމެއް ކަމަށް ފޮނަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މޫސާ ސިރާޖު ވިދާޅުވެއްޖެ އެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ މައުލޫމާތު ދުރާލާ ފުލުހުންގެ އިންޓެލިޖެންސްއަށް ލިބިފައި ނުވާ ކަމަށެވެ.
މިކަމާއި ގުޅިގެން ސިރާޖު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުލުހުންގެ އިންޓެލިޖެންސާއި އެމްއެންޑީއެފްގެ އިންޓެލިޖެންސްގެ މެދުގައި ވާދަވެރިކަން އަބަދުވެސް ބޮޑު ކަމަށެވެ. މިކަން ހައްލުވާނީ ސެންޓަރަލް އިންޓެލިޖެންސް އެޖެންސީއެއް އުފެއްދިގެން ކަމަށް ސިރާޖު ވިދާޅުވި އެވެ.
ފާޅުގައި އެހެން ވިދާޅުވާން ޖެހުނީ ރޭގެ ހަމަލާގެ މައުލޫމާތު ލިބިފައި ނެތުމަކީ ފެއިލްވުން ކަމަށް ގަބޫލު ކުރައްވާތީ ކަމަށް ވިދާޅުވި އެވެ.
https://twitter.com/MoosesSiraj/status/1390624947458871298
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް