ކޮވިޑު ފެތުރުން ހުއްޓުވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، މާލެ ސަރަހައްދުގައި ހިންގާ ޔުނިވާސިޓީތަކާއި ކޮލެޖުތަކުގައި އޮންލައިންކޮށް ކިޔަވައިދިނުމަށް އަންގައިފިއެވެ.
މި ނިންމުން އާންމުކޮށްފައިވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުއްވާފައިވާ އެންގުމެއްގައެވެ.
އެ އެންގުން އަންގާފައިވަނީ މިއަދުން ފެށިގެން ވަކިގޮތެއް އަންގަންދެނެވެ.
ޔުނިވާސިޓީ ތަކާއި ކޮލެޖުތަކުގައި ކިޔެވުން އޮންލައިންކުރަން އަންގާފައިވާއިރު މާލެ ސަރަހައްދުގައި ސްކޫލުތަކާއި ޓިއުޝަން ތަކާއި ޑޭކެއާތަކާއި ގުރުއާން ކްލާސްތައްވެސް އޮންލައިނަށް ބަދަލުކުރަން ވަނީ އަންގާފައެވެ.
ރާއްޖޭގައި ކޮވިޑުގެ ހާލަތު ވަރަށް ގޯސްވެފައިވާއިރު ދުވާލަކު 700 އަށްވުރެ ގިނަ މީހުން އަންނަނީ ޕޮޒިޓިވް ވަމުންނެވެ. ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި 8 މީހަކު ރާއްޖެއިން ކޮވިޑުގައި ދުނިޔެ ދޫކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް