އޭއެފްސީ ކަޕުގެ މެޗު ކުޅުމަށް އިންޑިއާގެ ބެންގަލޫރު އެފްސީ ޓީމު ރާއްޖެ އަތުވެއްޖެއެވެ.
މި މެޗަކީ އޭއެފްސީ ކަޕުގެ ގްރޫޕް ޑީއަށް ކޮލިފައިވުމަށް ކުޅޭ ފައިނަލް ކޮލިފިކޭޝަން މެޗެވެ. މި މެޗުގައި ބެންގަލޫރު އެފްސީ ބައްދަލުކުރަނީ ރާއްޖޭގެ ކްލަބް އީގަލްސްއާއެވެ.
މި ޓީމު ރާއްޖެ އައިސްފައިވާއިރު، ރާއްޖެ އައި އިރު ޓީމުގެ އެންމެން ތިބީ ޕީޕީއީ ކިޓުގައެވެ. ޓީމު އައުމުން ޓީމުގެ ހުރިހާ ސްޓާފުންނާއި ކުޅުންތެރިންގެ ލަގެޖުވެސް ޑިސް އިންފެކްޓް ކޮށްފައިވެއެވެ.
މި ޓީމު ކޭމްޕު ކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ ހޮޓަލެއްގައެވެ. އެފްއޭއެމުން ބުނެފައިވާގޮތުގައި މެޗު ކުޅުމަށް ދެ ޓީމާއި އަދި މި މެޗާ ގުޅޭ ހުރިހާ ފަރާތެއް ހިމެނޭނީ "ބަޔޯ ސެކުއާ ބަބުލް" އެއްގެ ތެރޭގައި ކަމަށެވެ.
މި ޓީމު ރާއްޖެ އައިސްފައިވާއިރު އިންޑީއާއަކީ މި ސަރަހައްދުގައި ކޮވިޑު ހާލަތު އެންމެ ގޯސް ގައުމެވެ. ރާއްޖޭގައިވެސް ހާލަތު މި އަންނަނީ ދުވަހެއް ދުވަހަކަށް ގޯސްވަމުންނެވެ.
ކޮވިޑުގެ ހާލަތު ރާއްޖޭގައިވެސް ގޯސްވެފައިވާ މިފަދަ ދަނޑިވަޅެއްގައި އިންޑިއާ ޓީމު ރާއްޖެ ގެނެސް ފުޓްބޯޅަ މެޗެއް ކުޅޭތީ އާންމުން އަންނަނީ މިކަމާ ނުރުހުން ފާޅުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް