ނ. ވެލިދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.
ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ، ވެލިދޫ ކައުންސިލަށް އެޗްޕީއޭއިން ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ ކޯވިޑް-19 އިން ރައްކާތެރިވުމަށް އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށެވެ. ވެލިދޫ މޮނިޓަރިންއަށް ލާފައިވަނީ ކޮންޓެކްޓު ޓްރޭސިން ހަދައި ނިމެންދެންނެވެ.
މޮނިޓަރިންގެ ހާލަތުގައި އޮންނަ މުއްދަތުގައި އެޗްޕީއޭގެ ހުއްދަނެތި އެ ރަށަށް އަރައި ފޭބުން ވަނީ މަނާކޮށްފަ އެވެ.
ވެލިދޫ ސިއްހީ މަރުކަޒުން މީޑިއާގައި ބުނީ އެ ރަށުން ޕޮސިޓިވްވެފައިވަނީ ޓޫރިސްޓެއް ކަމަށެވެ. އަދި ކޯވިޑަށް ޕޮސިޓިވްވެފައިވާ އިތުރު 16 ޓޫރިސްޓުން އެ ރަށުގައި ތިބި ކަމަށްވެ އެވެ.
އެޗްޕީއޭއިން ބުނީ ޕޮސިޓިވްވި މީހުންނާއި ޑައިރެކްޓް ކޮންޓެކްޓުވި މީހުން ދެނެގަތުމުގެ މަސައްކަތް މިހާރު އެ ރަށުގައި ފަށާފައިވާ ކަމަށެވެ.
މިވަގުތު އަތޮޅު ތެރޭގެ 30 ރަށެއް މޮނިޓަރިންގެ ހާލަތުގައި އެބަ އޮތެވެ. އޭގެ ތެރެއިން ފަސް ރަށާއި ދެ ސިޓީއެއްގައި ވަނީ ކޯވިޑް ކޮންޓްރޯލް ކުރުމަށް ކާފިއު ހިންގަން ފަށާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް