ފުވައްމުލަކާއި އައްޑޫ ސިޓީގައި މިރެއިން ފެށިގެން އަނެއްކާވެސް ކާފިއު ހިންގަނީ

ފުވައްމުލަކު ސިޓީ އާއި އައްޑޫ ސިޓީގައި މިރެއިން ފެށިގެން އަނެއްކާވެސް ކާފިއު ހިންގަން ފަށަން ނިންމައިފި އެވެ. ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ އެޗްޕީއޭއިން ނެރެ...

07 May 2021 | 11:50

ފުވައްމުލަކު ސިޓީ އާއި އައްޑޫ ސިޓީގައި މިރެއިން ފެށިގެން އަނެއްކާވެސް ކާފިއު ހިންގަން ފަށަން ނިންމައިފި އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ އެޗްޕީއޭއިން ނެރެފައިވާ އެންގުމުގައި ބުނެފައިވަނީ އެ ދެ ސިޓީގައި ފިޔަވަޅުތައް ވަރުގަދަ ކުރަން ނިންމީ ކޯވިޑް-19 ރައްކާތެރިވުމަށް ކަމަށެވެ. އެންގުމުގައި ވާގޮތުން ފިޔަވަޅުތައް ވަރުގަދަ ކުރަނީ މިއަދުން ފެށިގެން ހަތް ދުވަހުގެ މުއްދަތަށެވެ.

މި މުއްދަތުގައި ކާފިއު ހިންގަނީ ރޭގަނޑު 9:00 ން ފަތިހު 4:00 އަށެވެ. އެ ވަގުތު ތަކުގައި އެއްގަމު އުޅަނދު ދުއްވުމާއި އާންމުތަންތަނަށް މީހުން ނުކުމެ އުޅުމަކީ މަނާ ކަމެކެވެ.

ދެ ސިޓީގެ އެއްގެއިން އަނެއް ގެއަށް އަދި އެއް އަވަށުން އަނެއް އަވަށަށް ދިއުން ވަނީ މަނާކޮށްފަ އެވެ. އާންމު ތަންތަނުގައި އެފަހަރާ ނުކުމެ އެއްކޮށް އުޅެވޭނީ ގިނަވެގެން ތިން މީހުންނަށެވެ،

ކެފޭ ރެސްޓޯރެންޓުތަކުގައި އާންމުންނަށް ހުޅުވާލައިގެން ހިދުމަތް ދިނުން މަނާކޮށްފައިވާއިރު ފިހާރަތަކުގައި ހިދުމަތް ދެވޭނީ ގައިޑްލައިނާއި އެއްގޮތަށެވެ. ޕާޓީތަކާއި ހަފްލާތައް ބޭއްވުން މަނާކޮށްފައިވާއިރު ކުޅިވަރު މުބާރާތްތަކާއި ކަސްރަތު ހަރަކާތްތައް ބޭއްވުން ވަނީ މަނާކޮށްފައި އެވެ.

މީގެ އިތުރުން ކޮލެޖު އަދި ޔުނިވާސިޓީތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިޔަށް ގެންދިއުމަށް ވަނީ އަންގާފަ އެވެ.

މިއީ މި ދެ ސިޓީގައި ކާފިއު ހިންގާ ކޯވިޑާއި ގުޅިގެން ފިޔަވަޅުތައް ވަރުގަދަ ކުރި ދެ ވަނަ ފަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް