ކޯވިޑް ޖެހިގެން އިތުރު ދިވެއްސަކު މަރުވެއްޖެ، މިއަދުގެ ތިން ވަނަ މަރު

ކޯވިޑް-19 ޖެހިގެން ފަރުވާ ދެމުން ދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ. އެޗްޕީއޭއިން ބުނީ މަރުވެފައިވަނީ 81 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެމީހާ މަރުވީ މިއަދު މެންދުރު ފަހު 2:46 ގައި އެވެ. މަރުވި ...

07 May 2021 | 11:21

ކޯވިޑް-19 ޖެހިގެން ފަރުވާ ދެމުން ދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މަރުވެފައިވަނީ 81 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެމީހާ މަރުވީ މިއަދު މެންދުރު ފަހު 2:46 ގައި އެވެ.

މަރުވި އިރު ފަރުވާ ދެމުން ދިޔައީ ދަރުމަވަންތަ ހޮސްޕިޓަލް އައިސީޔޫ (ޑީއެޗް11) ގައި އެވެ. މިއީ އެތަނުގައި ފަރުވާ ދެމުން ދާ ކޯވިޑް ބަލިމީހުންގެ ތެރެއިން މިއަދު މަރުވި ދެ ވަނަ މީހާ އެވެ.

ޑީއެޗް11 ގައި ފަރުވާ ދެމުން ދަނިކޮށް ރޭ މެންދަމު 3:47 ގައި މަރުވެފައިވަނީ 60 އަހަރުގެ އިންޑިއާ ފިރިހެނެކެވެ. ދެން މިއަދު މަރުވެފައިވަނީ މާފުށީގައި އައިސޮލޭޝަންގައި ހުރި އުމުރުން 37 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.

މިއަދު މެންދުރު މަރުވި އަންހެން މީހާއި އެކު ރާއްޖެއިން ކޯވިޑްގައި މަރުވި މީހުންގެ އަދަދު 82 އަށް އެރީއެވެ.

އިއްޔެ އަކީ މިހާތަނަށް ރާއްޖެއިން ކޯވިޑްގައި އެންމެ ގިނަ މީހުން މަރުވި ދުވަހެވެ. އިއްޔެ ކޯވިޑް ޖެހިގެން ފަސް މީހަކު ރާއްޖެއިން މަރުވި އެވެ.

އިއްޔެ މަރުވެފައިވަނީ ޅ. ނައިފަރުގައި ކޯވިޑަށް ފަރުވާދެމުން ދިޔަ ދެމީހަކާއި އއ. ރަސްދޫގައި ކޯވިޑަށް ފަރުވާ ދެމުންދިޔަ މީހަކާއި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ ދެ މީހެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް