ސައްހަކަން ކަށަވަރުކުރުމަށް ފަހު ޚަބަރު ފެތުރުމަށް ފުލުހުން އިލްތިމާސްކޮށްފި

ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ޚަބަރު ފަތުރާއިރު، ސައްހަކަން ކަށަވަރުކުރުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ. މިކަމާ ގުޅިގެން ކުރިއަށް ގެންދި...

07 May 2021 | 10:14

ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ޚަބަރު ފަތުރާއިރު، ސައްހަކަން ކަށަވަރުކުރުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

މިކަމާ ގުޅިގެން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، އެ ހާދިސާ ހިނގި ސަރަހައްދުން ޝައްކުކުރެވޭ ހަރަކާތްތައް ހުރި ބަޔަކު ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ޝައްކުކުރެވޭ 4 މީހަކު ފުލުހުންގެ ސަމާލުކަމަށް އައިސްފައިވެއެވެ. މި 4 މީހުންނާ ދޭތެރޭ ޝައްކު އުފެދިފައިވާ ސަބަބުތައް މީޑިއާތަކަށް ހާމަކުރެވެން ނެތްކަމަށް ވެސް ސީޕީ ޙަމީދު ވިދާޅުވިއެވެ

މި މައްސަލައިގެ ތަހުޤީޤާ ގުޅޭ މައުލޫމާތު ޕީޖީއާ ވަނީ ހިއްސާ ކުރެވިފައި ކަމަށް ސީޕީ ވިދާޅުވިއެވެ. އަދި މި މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގުމަށްޓަކައި، ޕީޖީ އާއެކު މަަޝްވަރާ ކުރެވިގެން މައްސަލައިގެ ތަހުގީގު ހިނގަމުން އަންނަ ކަމަށް ވިދާޅުވިއެވެ. މިހާރު މި ހަމަލާ ތަހުގީގު ކުރަމުން އަންނަނީ ޓެރަރީޒަމްގެ އަމަލެއްގެ ގޮތުގައިކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.

މައްސަލަ ތަހުގީގު ކުރުމަށް ބޭރުގެ ފަރާތްތަކުގެ އެހީތެރިކަން ހޯދަމުން އަންނަ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ. އެގޮތުން ހޮނިހިރު ދުވަހު އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސްގެ ޓީމް މާދަމާ މާލެ އަންނަ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް