ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފަރުވާ ދެމުން ދަނީ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ކަމަށް ބުނެ ދެކެވެމުންދާ ވާހަކަ އާއިލާއިން ދޮގުކޮށްފި އެވެ.
އެމަނިކުފާނުގ ގ. ކެނެރީގެއިން ނުކުމެވަޑައިގެން މަޖީދީ މަގުން ކާރަށް އަރާވަޑައިގެންނަވަނިކޮށް ބާރުގަދަ އެއްޗެއް ގޮއްވާލުމުން ލިބުނު އަނިޔާތަކާއި ގުޅިގެން ފަރުވާ ހޯއްދަވަމުން ގެންދަވަނީ އޭޑީކޭ ހޮސްޕިޓަލްގައި އެވެ. މިހާތަނަށް ގިނަ ސާޖަރީތަކެއް ހަދާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.
އެކަމަކު ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެމަނިކުފާނަށް ފަރުވާ ދެމުން ދަނީ އެ ހޮސްޕިޓަލްގެ އައިސީޔޫގައި އެވެ. އަދި ސާޖަރީތަކެއް ހެދި ނަމަވެސް ސިއްހީ ހާލުކޮޅު ރަނގަޅުވަމުން ނާންނަ ކަމަށް ބުނެފަވެ އެވެ.
މިކާމައި ގުޅިގެން ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު، އަދި ގާނޫނީ ވަކީލު ނާޒިމް އަބްދުއް ސައްތާރު ވިދާޅުވީ އެެމަނިކުފާނަށް ފަރުވާ ދެމުން ދަނީ އައިސީޔޫގައި ނޫން ކަމަށެވެ. އަދި އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވި އެވެ.
https://twitter.com/nazimsat/status/1390579507841564674
ބައެއް މީޑިއާ ރިޕޯޓުތަކުގައި އެމަނިކުފާނަށް ފަރުވާ ދެމުން ދަނީ އައިސީޔޫގައި ކަމަށް ބުނާއިރު އޭޑީކޭ ހޮސްޕިޓަލުން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ މިހާތަނަށް ހެދި ނަޝީދުގެ ހުރިހާ ސާޖަރީތަކެއް ކާމިޔާބު ކަމަށެވެ. އަދި މުހިންމު ސާޖަރީއެއް ނުކޮށް އެބައޮތް ކަމަށް ބުނެފަވެއެވެ،
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް