ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ރޭ ދިން ޓެރަރިސްޓް ހަމަލާ އާއި ގުޅިގެން ލިބުނު ޒަހަމްތަކާއި ގުޅިގެން މިހާތަނަށް ހެދި ސާޖަރީތައް ކާމިޔާބު ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފި އެވެ.
ނަޝީދަށް އަމާޒުކޮށް އެއްޗެއް ގޮއްވާލީ އެމަނިކުފާނުގެ ގެކޮޅު ގ. ކެނެރީގެއިން ނުކުމެގެން ނީލޯފަރު މަގުން މަޖީދީ މަގުގައި އޮތް އެމަނިކުފާނުގެ ކާރުކޮޅަށް އަރާވަޑައިގެންނަވަނިކޮށެވެ. ހި ހަމަލާގައި އެމަނިކުފާނާއި އެކު ފަސް މީހަކަށް އަނިޔާވެފައިވެ އެވެ.
އޭޑީކޭ ހޮސްޕިޓަލުން ބުނީ ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ދެވުނު ޙަމަލާގައި ލިބިވަޑައިގެންނެވި ޒަހްމަތަކާއި ގުޅިގެން މިހާތަނަށް ގިނަ އޮޕަރޭޝަންތަކެއް ކޮށްފައިވާކަމަށެވެ. އަދި މިހާތަނަށް ކުރި އޮޕަރޭޝަންތައް ކާމިޔާބުކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ.
އެހެންނަމަވެސް އަދިވެސް މުހިއްމު އެއް ޕްރޮސީޖަރ ހަދަންޖެހޭކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. ރައީސް ނަޝީދަށްް ލިބިވަޑައިގެންނެވި ޒަހްމަތަކާއި ގުޅިގެން މިހާތަނަށް ކުރި އޮޕަރޭޝަންތަކުގެ ތަފްސީލެއް އައި އޭޑީކޭއިން ހާމަކޮށްފައެވެ ނުވެއެވެ.
https://twitter.com/ADKHospital/status/1390561020989505536
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް