ބުރަ މަސައްކަތުން ޓީނާގެ ރޯލު ހޯދީ ފިލްމު ކުޅެ މަޝްހޫރުވާކަށް ނޫން: ބަރްކާ

ބަރްކާ ސިންގް އަކީ 2002 ވަނަ އަހަރު ރިލީޒް ކުރި ބޮލީވުޑްގެ ފިލްމު "މުޖްސޭ ދޯސްތީ ކަރޯގޭ" ގައި ފެނިގެން ދިޔަ ބަތަލާއެކެވެ. އެ ފިލްމުގައި އޭނާ ކުޅެފައިވަނީ ކަރީނާ (ޓީނާ) ކުޑައިރުގެ ކެރެކްޓާ އެވެ. އެ ރޯލ...

07 May 2021 | 05:29

ބަރްކާ ސިންގް އަކީ 2002 ވަނަ އަހަރު ރިލީޒް ކުރި ބޮލީވުޑްގެ ފިލްމު "މުޖްސޭ ދޯސްތީ ކަރޯގޭ" ގައި ފެނިގެން ދިޔަ ބަތަލާއެކެވެ.

އެ ފިލްމުގައި އޭނާ ކުޅެފައިވަނީ ކަރީނާ (ޓީނާ) ކުޑައިރުގެ ކެރެކްޓާ އެވެ. އެ ރޯލު ކުޅެން އޭނާ ފުރުސަތު ހޯދީ ގަތްގަނޑަކަށް 600-700 އާއި ދެމެދުގެ އަދަދެއްގެ ކުދިންނާއި އޮޑިޝަންގައި ވާދަ ކޮށްގެންނެވެ.

މިހާރު އުމުރުން 28 އަހަރުގެ ބަރްކާއަށް އޭރު އެންމެ 10 އަހަރެވެ.

މާސް މީޑިއާއިން ޑިގްރީ ހަދައި ސޯޝިއޮލޮޖީން މާސްޓާޒް ހަދާފައިވާ ބަރްކާ ބޮޑު ބްރޭކަކަށްފަހު މިހާރު ފިލްމީ ދާއިރާގައި ދަނީ މަސައްކަތް ކުރަމުންނެވެ. އެކަމަކު މިފަހަރު ބޮލީވުޑަކުން ނޫންނެވެ. އޭނާއަކީ ޒުވާނުންނަށް ހާއްސަ ޓީވީ ސީރީޒްތަކާއި މޮޑެލް ކުރުމުން ކުރިއަރަމުން އަންނަ މީހެކެވެ. ހާއްސަކޮށް އޭނާ އަކީ ސޯޝަލް މީޑިއާގައި ވަރަށް ނުފޫޒު ގަދަ މީހެކެވެ.

ކުޑައިރު އެހާ މަޝްހޫރު ފިލްމެއް ކުޅުމަށް ފަހު އޭގެ ފަހުން ބޮލީވުޑް ފިލްމަކުން ނުފެންނަނީ ފިލްމު ނުލިބޭތޯތޯ ސުވާލު ކުރުމުން މީޑިއާގައި ބަރްކާ ބުނެފައިވަނީ އޭނާ އެއްވެސް އިރެއްގައި މާބޮޑު ޝައުގުވެރިކަމެއް ފިލްމު ކުޅުމަށް ނުހުންނަ ކަމަށެވެ. އަދި މިހާރުވެސް މާ ދިގު ސީރީޒްތަކުން ނުފެންނަނީ ދިގު ޑްރާމާ ސީރީސްތައް ކުޅެގެން މަޝްހޫރުކަން ހޯދުމުގެ ޝައުގުވެރިކަމާއި ހިޔާލު ނުހުންނާތީ ކަމަށެވެ.

އޭރު އޭނާ ކަރީނާގެ ރޯލު ކުޅުނީ ފިލްމީ ދާއިރާއަށް ހުންނަ ޝައުގުވެރި ކަމަށްވުރެ ބޮޑަށް ޗުއްޓީ ހޭދަކޮށްލައި ކަރީނާ އާއި ރިތިކް އަދި ރާނީ އާއި އެކު ދަތުރު ކޮށް އެމީހުންނާއި ބައްދަލު ކޮށްލުމުގެ ބޭނުމުގައި ކަމަށް ބުންޏެވެ. އޭނާ ބުނީ އެކްޓުކުރުމަކީ އޭނާ ކުރާ ހިތްވާ ކަމެއް ވިޔަސް މަސައްކަތެއްގެ ގޮތުގައި ނުވަތަ ވަޒީފާއެއްގެ ގޮތުގައި އެކްޓު ކުރާ ހިތް ނުވާ ކަމަށެވެ.

ބަރްކާ ބުނީ ފިލްމު "މުޖްސޭ ދޯސްތީ ކަރޯގޭ" އަކީ އޭނާގެ ދިރިއުޅުން ބަދަލުކޮށްފި ފިލްމެއް ކަމަށެވެ. ސަބަބު ބުނެދެމުން ބުނެފައިވަނީ އަދިވެސް އޭނާއަށް ގިނަ މީހުން މުހާތަބު ކުރަނީ "ޓީނާ" ގެ ނަމުން ކަމަށެވެ. އަދި މިހާރުވެސް އޭރާއި އޭނާގެ ސިފަ ވައްތަރު ކަމަށް ގިނަ ބަޔަކު ބުނާކަމަށް ބުނެފައިވެ އެވެ.

ބަރްކާގެ ސޯޝަލް މީޑިއާ ފޮލޯވަރުންނަށް ބަލާއިރު އިންސްޓަގްރާމްގައި 2.4 މިލިއަން މީހުން އޭނާ ފޮލޯކުރެ އެވެ. އަދި އޭނާގެ ޔޫޓިއުބް ޗެނަލް ތިން ލައްކައަށްވުރެ ގިނަ މީހުން ސަބްސްކްރައިބް ކޮށްފަވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް