ކުރީގެ ރައީސުލްޖުމްހޫރިއްޔާ، އެްމދީޕީގެ ރައީސް، ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިރޭ ބަޔަކު ދިން ޓެރަރިސްޓް ހަމަލާގައި އެމަނިކުފާނުގެ ބޮޑީގާޑުންނަށް ވެސް އަނިޔާވިއިރު، ނަޝީދާ އެންމެ ކައިރީގައި ތިބި ދެ ބޮޑީގާޑުންގެ ތެރެއިން އެކަކަށް ކުދިކުދި، އެކަމަކު ބައިވަރު ޒަހަމްތައް ވަނީ ލިބިފަ އެވެ.
މި ހާދިސާގައި ޒަހަމްވި ބޮޑީގާޑުން ފަރުވާ އަށް ފަހު މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފަ އެވެ.
އެނގިފައިވާ ގޮތުގައި ނަޝީދު ކާރުކޮޅަށް އަރާވަޑައިގެންނެވި އިރު، އެމަނިކުފާނުގެ ކަނާތް ފަރާތުގައި ބޮޑީގާޑަކު ހުރި އިރު، ކުއްލިއަކަށް ބާރު އަޑަކާއެކު އެއްޗެއް ގޮވައި، ބުރައިގެން ދިޔަ އެތިއެތިކޮޅުތައް ހުރީ އޭނާގެ ވާތަށް ހެރިފަ އެވެ. ހޮސްޕިޓަލުން ފަރުވާ ހޯދުމަށް ފަހު އެ އެއްޗެހި އަތުން ނައްޓާފައި ހުރި ނަމަވެސް ހީވަނީ އަތަށް މޮހޮރުތަކެއް ހެރިފައި ހުރިހެނެވެ.
އޭނާގެ ކަނާތާއި، ފަޔަށް ވެސް ވަނީ ހަމަ އެގޮތަށް ބުރައިގެން އައި އެއްޗެހި ހެރިގެން އަނިޔާވެފަ އެވެ. ފައިތިލައިގައި ވެސް އެކި ނިޝާންްތައް ހުއްޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް