ރައީސް މިރޭ ގައުމާ މުހާތަބުކުރައްވާނެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، މިރޭ ގައުމާ މުހާތަބުކުރައްވާނެ ކަމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ. މަބްރޫކް ވިދާޅުވެފައިވަނީ މިރޭ ޓީވީތަ...

06 May 2021 | 20:43

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، މިރޭ ގައުމާ މުހާތަބުކުރައްވާނެ ކަމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މަބްރޫކް ވިދާޅުވެފައިވަނީ މިރޭ ޓީވީތައް މެދުވެރިކޮށް ރައީސް ގައުމާ މުހާތަބުކުރައްވާނެ ކަމަށެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު ކުޑަވަގުތުކޮޅެއްގެތެރޭގައި ހިއްސާކުރައްވާނެ ކަމަށެވެ.

ރައީސް މިރޭ ގައުމާ މުހާތަބުކުރައްވާއިރު، މިރޭ އިރާކޮޅު، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ޓެރަރިޒަމްގެ ހަމަލާއެއް ދީފައިވެއެވެ. ރައީސް ނަޝީދަށް ލިބިލެއްވި އަނިޔާއަށް، އޭޑީކޭ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

https://twitter.com/MvSpokesperson/status/1390398096736096257

މީގެ އިތުރުން ކޮވިޑުގެ ހާލަތުވެސް ގައުމުގައި މިވަނީ އިންތިހާއަށް ގޯސްވެފައެވެ. 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވް ވި އަދަދު 700 އިން މަތީގައި ހުރިއިރު 24 ގަޑިއިރުގެ ތެރޭގައި ފަސް މީހަކު ވަނީ މި ބަލީގައި ދުނިޔެ ދޫކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް