ނަޝީދަށް ދިން ހަމަލާ ތަހުގީގު ކުރާނީ ހާއްސަ އިސްކަމެއްދީގެން: އިމްރާން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިރޭ ދިން ހަމަލާ ތަހުގީގު ކުރާނީ ހާއްސަ އިސްކަމެއް ދީގެން ކަމަށް ހޯމް މިނި...

06 May 2021 | 20:25

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިރޭ ދިން ހަމަލާ ތަހުގީގު ކުރާނީ ހާއްސަ އިސްކަމެއް ދީގެން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ނަޝީދަށް ޓެރަރިސްޓު ހަމަލާދީފައިވަނީ ގ. ކެނެރީގެއިން ނިކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގެންނަވަނިކޮށް އެއްޗެއް ގޮއްވާލައިގެންނެވެ. ގޮއްވާލި އެތި އޮތީ ކާރުކޮޅު ކައިރީގަ ޕާކުކޮށްފައި ހުރި ސައިކަލެއްގައި ދަށުގައި އެވެ.

އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ. އަދި އެ މައްސަލަ އެންމެ މަތީ ދަރަޖައިގެ އަހައްމިއްޔަތު ކަމެއް ދީގެން ފުލުހުން ތަހުގީގު ކުރަމުން ދާކަން ކަށަވަރު ކުރައްވާނެ ކަަމަށް ވިދާޅުވި އެވެ.

https://twitter.com/ShimranAb/status/1390350956856942592

ބެލެވެ ގޮތުގަ ނަޝީދަށް ހަވަލާދިނީ ބަޔަކު ގަސްދުގައި ދުރާލާ ރާވައިގެން ކަމަށެވެ. މިމައްސަލަ ފުލުހުންގެ އިތުރުން ސިފައިންވެސް ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް