ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ކެބިނެޓްގެ ކުއްލި ބައްދަލުވުމެއް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ އާއި ގުޅިގެން ކެބިނެޓުގެ ކުއްލި ބައްދަލުވުމެއް ފަށައިފި އެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ކުރެއްވި ޓ...

06 May 2021 | 19:59

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ އާއި ގުޅިގެން ކެބިނެޓުގެ ކުއްލި ބައްދަލުވުމެއް ފަށައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނަޝީދަށް ދިން ހަމަލާ އާއި ގުޅިގެން ކެބިނެޓްގެ ކުއްލި ބައްދަލުވުމެއް ފެށިގެން ކުރިޔަށް ދާ ކަމަށެވެ.

އަދި އެ ހާދިސާ އައި ގުޅޭގޮތުން ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެވެމުންދާ ކަމަށެވެ.

އިތުރު ތަފްސީލް މަބްރޫކް އަދި ހާމައެއް ނުކުރައްވަ އެވެ.

ނަޝީދަށް ޓެރަރިސްޓު ހަމަލާދީފައިވަނީ ގ. ކެނެރީގެއިން ނިކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގެންނަވަނިކޮށް އެއްޗެއް ގޮއްވާލައިގެންނެވެ. ގޮއްވާލި އެތި އޮތީ ކާރުކޮޅު ކައިރީގަ ޕާކުކޮށްފައި ހުރި ސައިކަލެއްގައި ދަށުގައި އެވެ.

މި ހާދިސާ ފުލުހުންނާއި ސިފައިން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް