އެފްއޭއެމްގެ ބާ އިމާރާތް ކޯވިޑް ފެސިލިޓީއަކަށް ހަދަނީ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ބާ އިމާރާތުގައި ކޯވިޑް ފެސިލިޓީއެއް ހަދަން ނިންމައިފި އެވެ. އެޗްޕީއޭއިން ވަނީ މާލެ ސަރަހައްދުގައި ކޯވިޑަސް ފަރުވާ ދޭ ފެސިލިޓީތަކާއި އައިސީޔޫ ފުރިފ...

06 May 2021 | 19:39

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ބާ އިމާރާތުގައި ކޯވިޑް ފެސިލިޓީއެއް ހަދަން ނިންމައިފި އެވެ.

އެޗްޕީއޭއިން ވަނީ މާލެ ސަރަހައްދުގައި ކޯވިޑަސް ފަރުވާ ދޭ ފެސިލިޓީތަކާއި އައިސީޔޫ ފުރިފައިވާ ކަމަށް ބުނެފަ އެވެ.

އެމްއޭއެމްގެ ރައީސް ބައްސާމް އަލީ ޖަލީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޯވިޑް ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރުމަށް އެމްއޭއެމްގެ ބާ އިމާރާތް އެޗްޕީއޭއަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ. ބައްސާމް ވިދާޅުވީ ބޭނުންޖެހޭ ވަގުތުތަކުގައި އެހީތެރިވުމަކީ ފުޓްބޯޅަ އާއިލާއަށް ލިބޭ ފަހުރެއް ކަމަށެވެ.

https://twitter.com/bassam_jaleeI/status/1390274199353126917

ރާއްޖެއިން މިއަދުވެސް 700 އަށްވުރެ ގިނަ މީހުން ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ. މިއާއި އެކު ކޯވިޑަށް ފަރުވާދޭ މީހުންގެ ޖުމްލަ އަދަދު ވަނީ 7،607 އަށް އަރާފަ އެވެ.

އޭގެ ތެރެއިން 203 މީހަކަށް ފަރުވާ ދެނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެންނެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވެފައިވަނީ 33،368 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް