ރައީސް ނަޝީދަށް ދިން ނިރުބަވެރި ހަމަލާގެ ޒިންމާ އައިސިސް އިން ނަގައިފި!

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ނިރުބަވެރި ހަމަލާގެ ޒިންމާ އިސްލާމީ ހަރުކަށި ފިކުރުގެ ޖަމާއަތް އައިސިސް އިން ނަގައިފި ކަމަށް ބައެއް ރިޕޯޓުތައް ބުނަން ފަށައިފި އެވެ. މިރޭ ދިން މ...

06 May 2021 | 19:30

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ނިރުބަވެރި ހަމަލާގެ ޒިންމާ އިސްލާމީ ހަރުކަށި ފިކުރުގެ ޖަމާއަތް އައިސިސް އިން ނަގައިފި ކަމަށް ބައެއް ރިޕޯޓުތައް ބުނަން ފަށައިފި އެވެ.

މިރޭ ދިން މި ހަމަލާގެ ޒިންމާ ހައްދުފަހަ އެޅި ޖަމާއަތް އައިސިސް އިން ނަގާފައިވާ ކަމަށް ރިޕޯޓްކޮށްފައި ވަނީ ޓެރަރިޒަމްގެ ޚަބަރުތައް ގެނެސްދޭ ބައިނަލައަގުވާމީ މަންސައެއް ކަމަށްވާ "ޓެރަރ އެލާމް" ގައެވެ.

"ޓެރަރ އެލާމް"އިން ހާމަކުރާ ގޮތުގައި އައިސިސް އިން މި ހަމަލާގެ ޒިންމާ ނަގާފައި ވަނީ "އަނދިރި ވެބްސައިޓެއްގައެވެ."

އެކަމަކު މިކަން ރަސްމީ އެއްވެސް ފަރާތަކުން އަދި ކަށަވަރެއް ނުކޮށްދެ އެވެ.

ތަފްސީލް އަންނަނީ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް