އަނިޔާވި ދެ ފުލުހުންނަށް އާންމު ފަރާތަކުން ފައިސާގެ އެހީ ދީފި

މިދިޔަ ހުހުރު ދުވަހު ދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގައި އަނިޔާވި ދެ ފުލުހަކަށް އެހީތެރިވުމަށް އާއްމު ފަރާތަކުން 50،000 ރުފިޔާ ހަދިޔާ ކޮށްފި އެވެ. ފުލުހުން ބުނީ ހެޔޮއެދޭ އާންމު ރައްޔިތެއްގެ ފަރާތުން...

07 May 2015 | 10:24

މިދިޔަ ހުހުރު ދުވަހު ދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގައި އަނިޔާވި ދެ ފުލުހަކަށް އެހީތެރިވުމަށް އާއްމު ފަރާތަކުން 50،000 ރުފިޔާ ހަދިޔާ ކޮށްފި އެވެ.

ފުލުހުން ބުނީ ހެޔޮއެދޭ އާންމު ރައްޔިތެއްގެ ފަރާތުން އެ ދެ ފުލުހުންނަށް ދިން އެ ފައިސާ މިހާރު އެ ދެ ފުލުހުންގެ އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ، އާންމު ރައްޔިތެއްގެ ފަރާތުން އެ ދެފުލުހުންނަށް ވެދީފައިވާ މި އެހީއަކީ ދިވެހިން ފުލުހުންގެ ހިދުމަތާއި ދޭތެރޭގައި ރައްޔިތުންގެ ތެރޭގައި އޮތް ލޯތްބާއި އިތުބާރާއި ފުލުހުންނާއި ރައްޔިތުންނާ ދެމެދު އޮތް ގާތް ގުޅުން ހާމަވެގެންދިޔަކަމެއް ކަމަށެވެ.

މުޒާހަރާގައި އަނިޔާވި ދެ ފުލުހުން ސްރީލަންކާގައި ފަރުވާ ހޯދަމުން އަންނައިރު އެ ދެ ފުލުހުންގެ ހާލު ވެސް ރަނގަޅު ވަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލާގައި މިހާތަނަށް ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު އެ އެންމެންގެ ބަންދަށް ވެސް މިހާރު ވަނީ 15 ދުވަސް ޖަހައިދީފަ އެވެ.

މޭ މަހުގެ އެއް ވަނަ ދުވަހު މާލޭގައި ކުރި މުޒާހިރާގައި ރައްޔިތުން ސަލާމަތާއި ރައްކާތެރިކަން ގާއިމްކުރުމުގައި ހަރަކާތްތެރިވި ފުލުހުންގެ ތެރެއިން 17 ފުލުހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް