ހަބަރެއް ނުވެގެން ހޯދަމުން ދިޔަ ކަންނެލި ދޯނި ފެނިއްޖެ

މިދިޔަ ހުކުރު ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން ދިޔަ “ހައްސަ” ކަންނެލި މަސް ދޯނި ފެނިއްޖެ އެވެ. އެދޯނީގެ ވެރި ފަރާތާއި ހަވާލާ ދީ އެމްއެންޑީއެފުން ބުނީ އެ ދޯނީގެ ހަބަރެއް ވެފައިވަނީ މިއަދު ހެނދުނު ...

07 May 2015 | 06:41

މިދިޔަ ހުކުރު ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން ދިޔަ “ހައްސަ” ކަންނެލި މަސް ދޯނި ފެނިއްޖެ އެވެ.

އެދޯނީގެ ވެރި ފަރާތާއި ހަވާލާ ދީ އެމްއެންޑީއެފުން ބުނީ އެ ދޯނީގެ ހަބަރެއް ވެފައިވަނީ މިއަދު ހެނދުނު 9:00 ހާއިރު ކަމަށެވެ. އޭރު ދޯނި އޮތީ ހއ. ހުވަހަންދޫ ކިޔާ ފަޅުރަށެއްގެ 11 މޭލު ބޭރުގައި ކަމަށް ބުންޏެވެ.

އެމްއެންޑީއެދުން ބުނީ ކަންނެލި މަސްވެރިކަމަށް ނިކުތް ދޯނީގައި 14 މީހުން ތިބި ކަމަށާއި މިހާރު އެ ދޯނު އޮތީ ހއ. އަތޮޅުގައި ކަމަށެވެ.

“ހައްސަ” ދޯނި މަސްވެރިކަމަށް ފުރާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ. ދޯނި ހއ. ހުވަންދޫއާއި ދިމާލުން ހުޅަނގަށް ދޯނި ފުރިފަހުން ދޯންޏާއި ގުޅިފައިނުވާ ކަމަށް ދޯނީގެ ވެރިފަރާތުން މީގެ ކުރިން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް