ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މައާފު ނުދެއްވާނެ ކަމަށާއި ބޭނުންފުޅިއްޔާ އަދި ވެސް އެ މައްސަލަ އިސްތިއުނާފު ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެއްޖެއެވެ.
ދުންޔާ އެހެން ވިދާޅުވީ ޖެނީވާގައި އިއްޔެ ކުރިއަށް ދިޔަ ރާއްޖޭގެ ޔުނިވާސަލް ޕީރިއޮޑިކް ރިވިއުއަށްފަހު ރޮއިޓާސްއަށް ދެއްވި ބަސްދީގަތުމެއްގައެވެ.
"ސަރުކާރުން މަރުހަބާ ކިޔަން މައްސަލަ އިސްތިއުނާފު ކުރެއްވުމަށް. ބައިނަލް އަގުވާމީ ފަރާތްތަކަށް ވެސް ގާތުން ބެލޭނެ ފުރުސަތު ލިބޭނެ. ހަމައެއާއެކު އެއީ ސިޔާސީ ދައުވާއެއް ކަމަށާއި، އިންސާފުވެރި ޝަރީއަތެއް ނޫން ކަމަށް އެ ކުރާ ތުހުމަތުތަކުން ސަލާމަތްވާން ސަރުކާރަށް ވެސް ލިބޭނެ ފުރުސަތެއް،" ދުންޔާ ވިދާޅުވިއެވެ.
ދުންޔާ ވިދާޅުވީ އިސްތިއުނާފު ކުރުމަށް ފުރުސަތު އޮތް ނަމަވެސް ރައީސް ނަޝީދު އެ ފުރުސަތުގެ ބޭނުން ނުކުރައްވަނީ އެމަނިކުފާނު އެ ދައްކަވާ ވާހަތަކުގައި އޮއްޓަރެއް ނެތުމުން ކަމަށެވެ. އަދި އެމަނިކުފާނު ދިފާއުވާން ދައްކަވާ ވާހަކަފުޅުތަކުގެ ހަރުދަނާ ކަމެއް ނެތުމުން ކަމަށެވެ.
ރައީސް ނަޝީދަށް މައާފު ނުދެއްވޭނެ ކަމަށް ވިދާޅުވަނީ މައާފު ދިނުމަށް ޝަރުތު ފުރިހަމަ ނުވާތީ ކަމަށާއި، އެކަމަށް މަދު ވެގެން ތިނެއް ނުވަތަ ހަތަރު އަހަރު ހުކުމު ތަންފީޒު ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް