އާއިލާއަށް ފިލައިގެން އުޅޭ އަންހެން ކުއްޖަކު ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ. މި ކުއްޖާއަކީ މީގެ ކުރިންވެސް ދެ ފަހަރެއްގެ މަތިން އާއިލާއަށް ފިލުމުން ހޯދުމަށް ފުލުހުން އިއުލާނު ކޮށްފައިވާ ކުއްޖެކެވެ.
ފުލުހުން ބުނީ ޢާއިލާއިން ފުލުހުންނަށް މަޢުލޫމާތު ދީފައިވާ ގޮތުގައި، 2015 މެއި 02 ވަނަ ދުވަހުގެ 20:00 ހާއިރު އާމިނަތު އިފާ މާލޭގައި ދިރިއުޅޭ ގެއިން ނުކުމެގެން ދިޔަފަހުން 2015 މެއި 05 ވަނަ ދުވަހުގެ 17:00 ހާއިރު ޢާއިލާގެ މެމްބަރަކަށް ފޯނުން ގުޅައި ވާހަކަ ދައްކާފައިވާކަމަށެވެ.
އަދި އާމިނަތު އިފާއަކީ ލޮލުގެ ކުލަ ކަޅު، ހަށިގަނޑު އާދައިގެ ވަރަކަށް ހިކި، ބުރުގާ އަޅައިގެންހުންނަ، ޢާންމުގޮތެއްގައި ދިގުކޮށް ހެދުން އަޅައި ކުއްޖެއް ކަމަށްވެސް އާއިލާއާ ހަވާލާދީ ފުލުހުން ބުނެއެވެ.
ވއާމިނަތު އިފާ އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެ މަޢުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ނަމްބަރު 3331510 ނުވަތަ 9790163 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން އެދެ އެވެ.
އާމިނަތު އިފާ މީގެ ކުރިން ފިލާފައިވަނީ 2013 ވަނަ އަހަރު އެވެ. އެ އަހަރު ފަހުކޮޅު ދެ ފަހަރެއްގެމަތިން އިފާ ހޯދުމަށް ފުލުހުން އިއުލާނުކޮށްފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް