90،000 އަށްވުރެ ގިނަ ދަރިވަރުންނާއެކު ދިރާސީ އަހަރު ފަށައިފި

90،000 އަށްވުރެ ގިނަ ދަރިވަރުންނާއެކު ދިރާސީ އާ އަހަރު މިއަދު ފަށައިފިއެވެ. މިއަދު ދިރާސީ އާ އަހަރުގެ ކިޔެވުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަށާފައިމިވަނީ ބޮޑު ޗުއްޓީއަކަށް ފަހުގައެވެ. އެޑިއުކޭޝަން ...

07 Apr 2025 | 06:49

90،000 އަށްވުރެ ގިނަ ދަރިވަރުންނާއެކު ދިރާސީ އާ އަހަރު މިއަދު ފަށައިފިއެވެ.

މިއަދު ދިރާސީ އާ އަހަރުގެ ކިޔެވުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަށާފައިމިވަނީ ބޮޑު ޗުއްޓީއަކަށް ފަހުގައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވާގޮތުގައި 90،000 އަށްވުރެ ގިނަ ދަރިވަރުންނާއެކު މިއަދު ދިރާސީ އާ އަހަރު ފަށާފައިވާއިރު އޭގެތެރެއިން 84،000 ދަރިވަރުންނަކީ ސަރުކާރު 217 ސްކޫލަކަށް ނިސްބަތްވާ ދަރިވަރުންނެވެ.

މި އަހަރުވެސް މާލޭގެ ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންގެ ނިސްބަތް އިތުރު ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ބުނެއެވެ. އެގޮތުން މާލެ ސަރަހައްދުގައި 19 ސްކޫލެއްގައި ދަރިވަރުންގެ މުޅި އާބާދީގެ 33 އިންސައްތަ ކިޔަވަމުންދާނެކަމުގައި އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފައިވެއެވެ.

މި އަހަރު ގްރޭޑު އެކެއްގައި 5000 އަށްވުރެ ގިނަ ދަރިވަރުން މުޅި ރާއްޖެއަށް ބަލާނަމަ އަލަށް ކިޔަވަން ފަށާނެކަންވެސް އެޑިއުކޭޝަން މިނިސްޓްރީން ފާހަގަކުރެއެވެ.

ބޮޑު ޗުއްޓީ ޑިސެމްބަރަށް ހެދުމަށް ގެނެވުނު ބަދަލާއެކު މި އަހަރުގެ ދިރާސީ އަހަރު ވެގެންދާނީ އެހެން އަހަރުތަކަށްވުރެ ކުރު ދިރާސީ އަހަރަކަށެވެ. އެގޮތުން އަންނަ ޖެނުއަރީ މަހު ދިރާސީ އާ އަހަރެއް ފެށުމަށް ދަރިވަރުން ޑިސެމްބަރު 28 ގައި ޗުއްޓީއަށް ދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް