އުރީދޫ ބޮކި ބޯޅަ މުބާރާތް ފަށައިފި

އުރީދޫން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދާ ބޮކި ބޯޅަ މުބާރާތް މިއަދު ފަށައިފި އެވެ. މި މުބާރާތް ފައްޓަވައިދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ އެވެ. އުރީދޫ ބޮކި ބޯޅ...

07 Apr 2023 | 17:57

އުރީދޫން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދާ ބޮކި ބޯޅަ މުބާރާތް މިއަދު ފަށައިފި އެވެ.

މި މުބާރާތް ފައްޓަވައިދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ އެވެ. އުރީދޫ ބޮކި ބޯޅަ - ބަމްޕަރ ބޯލް ފުޓުބޯޅަ މުބާރާތުގައި ރާއްޖޭގެ މޮޅު ބައެއް ކޯޕަރޭޓް ޓީމުތައް ވާދަކުރެ އެވެ.

މުބާރާތް ފެށުމުގެ ގޮތުން ކުޅުނީ ކްރޮސްރޯޑްސް މޯލްޑިވްސް އާއި ޓެކްކާސް އެވެ. އެ މެޗު ބަމްޕާ ބޯލްސްގެ ހުނަރު ދައްކާލައި 2-0 ކާމިޔާބު ކުރީ ކްރޮސްރޯޑްސް މޯލްޑިވްސްއެވެ.

މިއަދުގެ ދެވަނަ މެޗުގައި ބްރޮލާޒް (ރޭޖް ފިޓްނަސް) އާއި ޓްރީ ޓޮޕް ހޮސްޕިޓަލް އީއާރުސީ ބައްދަލު ކުރި މެޗު ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބު ކުރީ ބްރޮލާޒް އެވެ. މިއަދުގެ ފަހު މެޗުގައި ޝަވިޔަނި ޓީމާއި ޓެކާސް ބައްދަލުކުރި ވާދަވެރި މެޗު ނިމުނީ 1-0 ޓެކާސް މޮޅުވެގެންނެވެ.

މުބާރާތުގައި މެޗެއްގެ ދިގުމިނަކީ ތިން މިނެޓުގެ ބްރޭކަކާއި އެކު 10 މިނެޓެވެ.

ގްރޫޕް ސްޓޭޖުގެ މެޗުތަކުގައި މޮޅުވެއްޖެނަމަ ތިން ޕޮއިންޓް އަދި އެއްވަރުވުމުން އެއް ޕޮއިންޓް ލިބޭނެ އެވެ. ނޮކްއައުޓް ސްޓޭޖުގައި ދެ ޓީމެއް އެއްވަރުވެއްޖެ ނަމަ ޕެނަލްޓީ ޝޫޓްއައުޓް އޮންނާނެ އެވެ.

މުބާރާތުން އެއް ވަނައަށްދާ ޓީމަކަށް 20،000 ރުފިޔާ، ދެ ވަނަ އަށް ދާ ޓީމަށް 10،000 ރުފިޔާ ލިބޭނެ އެވެ. އަދި ތިން ވަނަ އަށް ދާ ޓީމަށް އިނާމެއްގެ ގޮތުގައި 5،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މި މުބާރާތުގައި މާދަމާރޭ ގްރޫޕް ސްޓޭޖުގައި ބާކީ ހުރި މެޗުތައް ކުޅޭނެ އެވެ. އޭގެ ފަހުގައި ފައިނަލް މެޗުގައި ބައްދަލުކުރާނީ ކޮންމެ ގްރޫޕަކުން ވެސް އެއް ވަނަ ހޯދާ ޓީމުތަކެވެ.

އުރީދޫ ބޮކި ބޯޅަ މުބާރާތަކީ ދުނިޔޭގެ އެންމެ މަގުބޫލު ކުޅިވަރު ކަމަށްވާ ފުޓުބޯޅައަށް ތަފާތު އަދި މަޖާ ބަދަލުތަކެއް ގެނެސްގެން ކުޅޭ ބަމްޕަރ ފުޓްބޯޅައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް