މަނަދޫގައި މިރޭ އިރާކޮޅު ގެއެއްގެ ތެރޭގައި މަރުވެފައި އޮތް އަންހެނަކު ފެނިފައިވާއިރު އެ މައްސަލައިގާ ޝައްކު ކުރެވޭ ކަންތައްތަކެއް ހުރީތީ ރަށަށް އަރާ ފައިބާނަމަ އަންގަން އަންގައިފިއެވެ.
"ދުވަސް" އަށް މައުލޫމާތުދެއްވަމުން ރަށު ކައުންސިލްގެ ރައީސް އަބްދުލްރަހްމާން ސަބީހް ވިދާޅުވީ މިއަދު އެ ސީންގައި ހަރަކާތްތެރިވި ފުލުހުން ކައުންސިލް ކުރެން އެކަމަށް އެދިފައިވާކަމަށާއި އެހެންކަމުން ރަށުގެ ރައްޔިތުންނަށް މިހާރު އެކަން އާންމުކޮށް އަންގާ އިއުލާނުކޮށްފައިވާކަމަށެވެ.
"އޭގަ ސީން ފުލުހުން އެތާ ހުއްޓާ ދެންނެވީ މިހާރު ޝައްކު ކުރެވޭ ކަހަލަ ބައެއް ކަންކަން އެބަ ހުއްޓޭ، ދާ ކަމަވަންޏާ އަރާ ކަމަށްވަންޏާ އަންގާލަން، ރަށުގެ ރައްޔިތުންނަށް އަންގާލާށޭ، ރަށުގަ ރައްޔިތުންނަށް އާންމުކޮށް އަންގާލެވިފަ، އާންމުކޮށް ގޮވާވެސް ލާފަ ވާނީ އެކަމަށް" ކައުންސިލް ރައީސް ވިދާޅުވިއެވެ.
މަރުވެފައި އޮއްވަ ފެނުނީ އެ ރަށުގައި އެކަނި ދިރިއުޅޭ އުމުރުން62 އަހަރުގެ އަންހެނެކެވެ. އެމީހާ މަރުވެފައި އޮއްވަ ފެނުނީ ހަބަރެއް ނުވާތާ ދެ ދުވަސް ވެގެން އާއިލާއިން އެދިގެން ފުލުހުން ގޮސް އޭނާ ދިރިއުޅޭ ގޭގެ ކޮޓަރީ ދޮރު ވައްޓާލައިގެން އެތެރެއަށް ވަދެ ބެލި އިރު އެވެ.
އޭނާ މަރުވެފައި އޮތީ ބިން މަތީގައި ބަންޑުންނެވެ. އެމީހާ އަކީ ކައުންސިލް އިދާރާގައި މަގު ކުނި ކެހުމުގެ ވަޒީފާގައި އުޅޭ މީހެކެވެ. އޭނާގެ ހަބަރެއް ނުވާކަމަށް އާއިލާއަށް އެންގީ އޭނާ އާއި އެކު ކުނިކަހަންދާ މީހުން ދެ ދުވަހު ޑިއުޓީއަށް ނުނުކުތުމުން ގެއަށް ގޮސް ދޮރުގައި ތަޅާ ނުހުޅުވުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް