ޕުޝްޕާ ދޭއްގެ ޓްރެއިލާ އާންމުކޮށްފި – ފަސް ގަޑިއިރުން 7 މިލިޔަން ވިއުސް

ސައުތު އިންޑިއަން ސުޕަރ ހިޓް ފިލްމު "ޕުޝްޕާ" ގެ ދެވަނަ ފިލްމުގެ ޓްރެއިލާ އާންމުކޮށްފިއެވެ. ޓީސީރީޒް އާއި މިތްރީ މޫވީ މޭކާސްއިން މީގެ ފަސް ގަޑިއިރު ކުރިން ޕުޝްޕާ ދޭއް (ދަ ރޫލް) ގެ ޓްރައިލާ އާންމުކޮށްފަ...

07 Apr 2023 | 16:28

ސައުތު އިންޑިއަން ސުޕަރ ހިޓް ފިލްމު "ޕުޝްޕާ" ގެ ދެވަނަ ފިލްމުގެ ޓްރެއިލާ އާންމުކޮށްފިއެވެ.

ޓީސީރީޒް އާއި މިތްރީ މޫވީ މޭކާސްއިން މީގެ ފަސް ގަޑިއިރު ކުރިން ޕުޝްޕާ ދޭއް (ދަ ރޫލް) ގެ ޓްރައިލާ އާންމުކޮށްފައިވާއިރު އެންމެ ފަސް ގަޑިއިރުގެ ތެރޭގައި ހަތް މިލިޔަނަށްވުރެ ގިނަ މީހުން ވަނީ މި ޓްރެއިލާ މިހާތަނަށް ބަލާފައެވެ.

މި ޓްރެއިލާއިން ފެނިގެންދަނީ ކުރީގެ ފިލްމު ނިމޭ ހިސާބުން ޕުޝްޕާ ގެއްލުމަށްފަހު ޕުޝްޕާގެ ޖެކެޓު ފުލުހުންނަށް ޖަންގަލިން ފެންނަކަމުގެ ހަބަރާއިއެކުގައެވެ. އެއާއެކު ދެން ދައްކަނީ ޕުޝްޕާ މަރު ނުވާކަމަށްބުނެ އާންމުން މުޒާހަރާތަކެއް ކުރާ މަންޒަރެވެ.

އެއަށްފަހު ޕުޝްޕާ މަރު ނުވާކަމާއި ދިރި ދުނިޔޭގައި ހުރިކަން އެނގިގެންދާ ހަމައިން ޕުޝްޕާގެ "ނިއު ލުކް" ދައްކާލައެވެ.

ޕުޝްޕާ ދޭއްގެ ޓްރައިލާ އާންމުކޮށްފައިމިވަނީ ފިލްމުގެ ލީޑް ތަރި އައްލޫ އަރްޖޫންގެ އުފަންދުވަހާއި ދިމާކޮށެވެ. މާދަމައަކީ އައްލޫ އަރްޖުންގެ 41 ވަނަ އުފަންދުވަހެވެ.

ޕުޝްޕާ ފިލްމަކީ ދިވެހިންގެ މެދުގައިވެސް ވަރަށް ބޮޑު މަގްބޫލުކަމެއް ހޯދި ފިލްމެކެވެ. އެ ފިލްމަކީ 2022 ވަނަ އަހަރު ގިނަ އެވޯޑުތަކެއްވެސް ހާސިލުކުރި ފިލްމެކެވެ.

https://www.youtube.com/watch?v=1VhA9aITCGg

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް