ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސިޓީފުޅު ލިބިފައިވާކަމަށާއި ގޮތެއް ނިންމާނީ ޕާޓީގެ ކައުންސިލުން މަޝްވަރާ ކުރުމަށްފަހުގައި ކަމުގައި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އިން ބުނެފިއެވެ.
އެމްޓީޑީން މިހެން ބުނެފައިވަނީ އެ ޕާޓީގެ ރަސްމީ ޓްވިޓާ ހޭންޑަލް އިން މިރޭ ކޮށްފައިވާ ޓްވީޓެއްގައެވެ.
"ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ފަރާތުން މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް އާއި ކޯލީޝަން ހެދުމުގެ މަޝްވަރާ ފެށުމަށް ފޮނުއްވި ސިޓީފުޅެއް ވަނީ ލިބިފައެވެ" އެ ޕާޓީން ބުނެފައިވެއެވެ.
https://twitter.com/MTDSecretariat/status/1644355890613727234
ގާސިމްގެ ސިޓީފުޅެއް އެމްޓީޑީއަށް ފޮނުވާފައިވާއިރު ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ވާދަކުރައްވާނެކަން ގާސިމް އިބްރާހިމް ވަނީ އިއުލާނު ކުރައްވާފައެވެ. އަދި މިހާރު ފެންނަ މަންޒަރަށް ބަލާއިރު މިހާރު ކުރިއަށްދަނީ ގާސިމްގެ ކޯލީޝަން ވަރުގަދަ ކުރުމުގެ މަސައްކަތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް