ފިކުރެއްގެ ދިރުމުގެ ލީޑަރު، ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ބައްދަލުކުރައްވައިފިއެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ގާސިމް އިބްރާހިމްގެ ދައުވަތަކަށް ރައީސް ނަޝީދާއި ފިކުރެއްގެ ދިރުން ޓީމުގެ މެންބަރުން ސަން އައިލެންޑަށް ވަޑައިގެން ބައްދަލުކުރައްވަމުން ގެންދަވަނީ ގާސިމްގެ ދައުވަތަކަށެވެ.
ދުވަހަށް މައުލޫމާތު ހިއްސާ ކުރި ފަރާތަކުން ވިދާޅުވީ ކުރިއަށްދަނީ މަޝްވަރާ ބައްދަލުވުންތަކެއް ކަމަށާއި މިރޭވެސް ރައީސް ނަޝީދު މާލެ ވަޑައިނުގަތުން އެކަށީގެންވާކަމަށެވެ.
ރައީސް ނަޝީދާއި ގާސިމްގެ މި ބައްދަލުވުމުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު ރައީސް ނަޝީދުގެ ނުރަސްމީ ޓްވިޓާ އެކައުންޓުންވެސް މި ބައްދަލުވުމުގެ ފޮޓޯއެއް ޓްވީޓް ކުރައްވާފައިވެއެވެ. އެ ފޮޓޯއިން ފެންނަނީ ގާސިމް އިބްރާހީމާއި ގާސިމް އިބްރާހިމްގެ ހުދު ކޮތަރެވެ. އެހެން ބައެއް ފޮޓޯތަކުން ގާސިމް އިބްރާހިމްގެ އެ ހުދު ކޮތަރު ރައީސް ނަޝީދުގެ ކޮނޑުގައި އިންނަތަންވެސް ފެނެއެވެ.
https://twitter.com/anedhivehirajje/status/1644305757821865990
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް