އެކަނި ދިރިއުޅެމުންދިޔަ އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

ނ. މަނަދޫގައި އެކަނި ދިރިއުޅެމުންދިޔަ އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ. ފުލުހުން ދެންމެ ބުނީ އެކަނި ދިރިއުޅެމުންދިޔަ އުމުރުން 62 އަހަރުގެ އަންހެނެއްގެ ހަބަރެއް ނުވާކަމަށް މިއަދު އިރުއޮއްސުނު ...

07 Apr 2023 | 15:01

ނ. މަނަދޫގައި އެކަނި ދިރިއުޅެމުންދިޔަ އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ދެންމެ ބުނީ އެކަނި ދިރިއުޅެމުންދިޔަ އުމުރުން 62 އަހަރުގެ އަންހެނެއްގެ ހަބަރެއް ނުވާކަމަށް މިއަދު އިރުއޮއްސުނު ހާއިރު އާއިލާއިން ފުލުހުންނަށް ރިޕޯޓް ކުރީ ކަމަށެވެ.

"ރިޕޯޓް ލިބުމުން ފުލުހުން، އޭނާ ދިރިއުޅޭ ގެއަށް ގޮސް އެ ގޭ ކޮޓަރި ދޮރު ވައްޓާލައި ކޮޓަރިއަށް ވަތްން އިރު ކޮޓަރިތެރޭ ބިންމަތީގައި މަރުވެފައި އޮއްވާ އެ އަންހެންމީހާ ވަނީ ފެނިފައި" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ މިކަމާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް