ހިމަންދޫގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާ ކުރަން ހަވާލުކޮށްފި

އއ. ހިމަންދޫގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ މިސްކިތުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ބޭއްވި ރަސްމިޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފ...

07 Apr 2023 | 11:01

އއ. ހިމަންދޫގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ މިސްކިތުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ބޭއްވި ރަސްމިޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ. އެލައިޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޑެޓްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ އާއިޒް ރުޝްދީއެވެ.

10,312,301.43  (ދިހަ މިލިއަން ތިން ލައްކަ ބާރަހާސް ތިންސަތޭކަ އެއް ރުފިޔާ ސާޅީސް ތިން ލާރި)  ގެ މި މަޝްރޫޢަކީ ސަރުކާރުން ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.  މި މިސްކިތުގެ މަސައްކަތް ނިންމުމަށް އެއްބަސްވެފައިވަނީ 365  ދުވަހުގެތެރޭގައެވެ.

އަންހެނުންނާއި ފިރިހެނުންނަށްވެސް ނަމާދުކުރެވޭގޮތަށް ބިނާކުރާ މި  މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް