މި ރަމަޟާން މަހުގެ ވިހީގައި އުމްރާވެރިން ފުރުވާލެވޭނެ: ސަފާ ގްރޫޕް

ޞަފާ ގްރޫޕުގެ ޢުމްރާވެރިން ރަމަޟާންމަހުގެ ވިހިވަނަ ދުވަހު ޢުމްރާއަށް ފުރުވާލެވޭނެ ކަމަށް އެ ގްރޫޕުން ބުނެފިއެވެ. އެ ގްރޫޕުން ބުނީ ކުރީން ހަމަޖެހިފައިވާ ތާރީޚުގައި ޢުމްރާ ވެރީން ޢުމްރާއަށް ފުރުވާ ނުލެވ...

07 Apr 2023 | 10:41

ޞަފާ ގްރޫޕުގެ ޢުމްރާވެރިން ރަމަޟާންމަހުގެ ވިހިވަނަ ދުވަހު ޢުމްރާއަށް ފުރުވާލެވޭނެ ކަމަށް އެ ގްރޫޕުން ބުނެފިއެވެ.

އެ ގްރޫޕުން ބުނީ ކުރީން ހަމަޖެހިފައިވާ ތާރީޚުގައި ޢުމްރާ ވެރީން ޢުމްރާއަށް ފުރުވާ ނުލެވުނީ ވިސާނުލިބިގެން ކަމަށެވެ.

ޞަފާ ގްރޫޕުން މަޢުލޫމާތު ދިން ގޮތުގައި އެއްވެސް ބަޔަކަށް އޮޅުވައިލުމަކީ ގްރޫޕުގެ ވިސްނުމެއް ނޫންކަމަށެވެ. ވިސާގެ ކަންކަމުގައި ސައޫދީން މުޢާމަލާތު ކުރަމުންދިޔަ އޭޖެންސީން ވިސާ ލިބިފައިވާ ކަމަށް އަބަދުވެސް ބުނަމުން ދިޔަކަމަށެވެ. އެންމެ ފަހުވަގުތާ ޖެހެންދެންވެސް އޭޖޭންސީން އެ ޔަޤީންކަން ދިން ކަމަށާއި ޢުމްރާވެރީންނަށް އެކަން ދުރާލާ ނޭންގުނީ ސައޫދީ އޭޖޭންސީން ވިސާ ލިބިފައިވާކަމުގެ ޔަގީންކަން ދިނުމުން ކަމަށެވެ.

"ފުރުމަށް އޮތް ދުވަހުގެ ރޭ ތިނެއް ޖަހަންދެންވެސް އަޅުގަނޑުމެން މަސައްކަތް ކުރިން. އެމީހުން ބުނީ ވިސާ ލިބިފައި ވާކަމަށް. ލޮގިން ވުމުން ފެންނާނެ ކަމަށް. އެންމެ ފަހުވަގުތު އެމީހުން ލޮގިންގެ ޕާސްވޯޑް ވެސް، ބަދަލުކޮށްލީ. އަޅުގަނޑުމެންނަކަށް ނުވަދެވުނު. އެހާ ހިސާބުން އަޅުގަނޑުމެން ޢުމްރާވެރީންނަށް އެންގީން ވިސާ ނުލިބޭތީ ނުފުރޭނެ ވާހަކަ." ޞަފާ ގްރޫޕުން މަޢުލޫމާތު ދެއްވިއެވެ.

ޞަފާ ގްރޫޕުން ބުނީ ސަޢޫދީގެ އޭޖެންސީއެއް ކަމަށްވާ ޝަރީޢަތުލް މަޝާއިރު އަށް، ޢުމްރާވެރީންގެ ޕާސްޕޯޓްތަކުގެ ކޮޕީ މިހާރު ފޮނުވައިފައިވާ ކަމަށާއި، ވިސާގެ ކަންތައް ހަމަޖެހޭނެ ކަމުގެ ޔަގީންކަން އެ އޭޖެންސީން ދެއްވައިފައި ވާ ކަމަށެވެ. އިތުރަށް ވިދާޅުވީ ޢުމްރާ ވެރީންގެ ޓިކެޓްގެ ކަންތައް ހަމަޖެއްސުމަށް ޓުރެވަލް ޓޫ މޯލްޑިވްސް އާ ވާހަކަ ދެއްކިފައިވާ ކަމަށާއި، ރަމަޟާންމަހު ވިހީގައި ޢުމްރާވެރީން ފުރުވާލެވޭނެ ކަމުގެ ޔަޤީންކަން މިހާރު ލިބިފައިވާ ކަމަށެވެ. އަދި މިކަމާ ގުޅޭ އެއްބަސްވުންތަކުގައި މާދަމާ ދޭ ޖަހާއިރު ސޮއިކުރުން އޮންނާނެ ކަމަށެވެ.

ޞަފާ ގްރޫޕުން ބުނި ގޮތުގައި އެ ގްރޫޕުގެ ޙަވާލުގައި ތިބި ޢުމްރާވެރީން ޢުމްރާއަށް ފުރުވަނީ ޢުމްރާވެރީންގެ އަތުން އިތުރު އެއްވެސް ޗާޖެއް ނެގުމެއްނެތިއެވެ. ގްރޫޕުންބުނީ ގްރޫޕަށް ކިތަންމެ ބޮޑު ގެއްލުމެއް ލިބުނު ނަމަވެސް ގްރޫޕުގެ ޢުމްރާވެރީންނަށް ޢުމްރާގެ އަޅުކަން އަދާކުރެވޭނެ ގޮތް ހަމަޖައްސައި ދޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް