އަމާޒަކީ މިއަހަރުގެ ނިޔަލަށް ރުބެއްލާ،2025 ގެ ނިޔަލަށް ޓީބީ ނައްތާލުން: މިނިސްޓަރ

އަމާޒަކީ މިއަހަރުގެ ނިޔަލަށް ރުބެއްލާ އަދި 2025 ގެ ނިޔަލަށް ރާއްޖެއިން ޓީބީ މުޅިން ފޮހެލުން ކަމަށް ހެލްތް މިނިސްޓާރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ. މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ސިއްހަތު ދުވަހާއި...

07 Apr 2023 | 10:34

އަމާޒަކީ މިއަހަރުގެ ނިޔަލަށް ރުބެއްލާ އަދި 2025 ގެ ނިޔަލަށް ރާއްޖެއިން ޓީބީ މުޅިން ފޮހެލުން ކަމަށް ހެލްތް މިނިސްޓާރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ސިއްހަތު ދުވަހާއި ޑަބްލިޔުއެޗްއޯގެ 75 ވަނަ ވަނަ އަހަރީ ދުވަހާ ގުޅިގެން މިނިސްޓަރު ނަސީމް ވިދާޅުވީ ބޮޑެތި ބައެއް ބަލި ތަށް ނައްތާލާ، ވެކްސިންގެ ރައްކާތެރިކަން ކަށަވަރު ކުރެވިއްޖެ ކަމަށާއި މެލޭރިއާ އާ ހިމަބިއްސާ ޕޯލިއޯ އަދި ރުބެއްލާ ފަދަ ބަލިތަކަށް ވެކްސިންގެ ކަވަރޭޖް ލިއްބައި ދެވިފައިވާ ކަމަށެވެ.

ރުބެއްލާއާއި ޓީބީ ރާއްޖެއިން ނައްތާލުމުގެ އިތުރުން ފިޔަވަހި ތަކަކަށް ބަހާލައިގެން ފަހަރަކު ސަރަހައްދަކަށް އަމާޒުކޮށްގެން، ލެޕްރަސީ ވެސް މުޅިން ފޮހެލުމަކީ އަމާޒެއް ކަމުގައިވެސް މިނިސްޓަރު މިއަދު ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ ނުރައްކާތެރި ބަލިތައް ރާއްޖޭގައި ފެތުރުން ނިމުމަކަށް ގެނެވިފައި ވީ ނަމަވެސް ހައްލު ހޯދަން ޖެހޭ ކަންކަން އެބަހުރި ކަމަށެވެ.

ކުރިމަތިވެފައިވާ ދިގު މުއްދަތުގެ ގައިން ގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށްޓަކާ އާދަތައް ބަހައްޓަންވާ ގޮތާމެދު ސަމާލުވާންޖެހޭ ކަމަށާއި ކިޔުރޭޓިވްކެއާއަށްވުރެ ޕްރެވެންޓިވް ކެއާރ އަށް ބަރޯސާ" ވާން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އުއްމީދަކީ ކައިރި މުސްތަގްބަލެއްގައި ޕްރިމަރީ ހެލްތް ކެއާއަށާއި ޕަބްލިކް ހެލްތަށް އިސްކަން ދެވޭ ފުރިހަމަ ނިޒާމެއް ގާއިމުކުރުން ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް