ހިޔާ ފްލެޓްތަކުގެ ތެރެއިން ފަސްވަނަ ޓަވަރުގައި ރޭގައި އަލިފާނުގެ އިތުރު ހާދިސާއެއްވެސް ހިނގި ކަމުގައި އެމްއެންޑީއެފުން ބުނެފިއެވެ.
އެގޮތުން އެމްއެންޑީއެފުން ބުނެފައިވަނީ އެ ޓަވަރުގެ އެއްވަނަ ފަންގިފިލާ އާއި ދެވަނަ ފަންގިފިލާ ދޭތެރޭގައި ހަރުކޮށްފައިހުރި އޭސީ އައުޓްޑޯ ޔުނިޓުގެ މަތީގައި ހުރި ކުނިތަކެއްގައި ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ރޭގައި ހަރަކާތްތެރިވިކަމަށެވެ.
"މި ޙާދިސާގެ މަޢުލޫމާތު ލިބުމާއެކު ހުޅުމާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރމަނުން އަލިފާނުގެ ހާދިސާ ހިނގި ސަރަޙައްދަށް 05:45 ހާއިރު ދިޔައިރު އަލިފާން ވަނީ ނިއްވާލާފައެވެ. މި ޙާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވެއެވެ. މި ޙާދިސާގެ ރިޕޯޓް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސާރވިސް އަށް ލިބިފައިވަނީ މިއަދު ފަތިހު 05:32 ހާއިރުއެވެ" އެމްއެންޑީއެފުން ބުނެފައިވެއެވެ.
މި ހާދިސާގެ އިތުރުން އެ ޓަވަރުގެ 2-17-H5 ބެލްކަނީގައިވެސް ރޭގައި އަލިފާނުގެ ހާދިސާއެއް ހިނގިއެވެ. އަލިފާނުގެ އެ ހާދިސާއާއި ގުޅިގެން އެ ޓަވަރުން މީހުންވެސް ހުސްކުރިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް