މޫލީ މެދުވެރިކޮށް މާރުކޭޓުން ތާޒާ މޭވާއާ ތަރުކާރީ ގެއަށް ހިލޭ ޑެލިވަރީ ކޮށްދިނީ

އީ-ކޮމާސް ޕްލެޓްފޯމް މޫލީ އިން މާލެ ސިޓީ ކައުންސިލާ ގުޅިގެން މޫލީ މާކެޓް ތައާރަފްކޮށްފި އެވެ. އުރީދޫއިން ބުނީ މޫލީ ޕްލެޓްފޯމްގައި ހިމެނޭ މި އާ ކެޓަގަރީ – މޫލީ މާކެޓް މެދުވެރިކޮށް، ލޯކަލް މާރުކޭޓުން ލި...

07 Apr 2023 | 06:01

އީ-ކޮމާސް ޕްލެޓްފޯމް މޫލީ އިން މާލެ ސިޓީ ކައުންސިލާ ގުޅިގެން މޫލީ މާކެޓް ތައާރަފްކޮށްފި އެވެ.

އުރީދޫއިން ބުނީ މޫލީ ޕްލެޓްފޯމްގައި ހިމެނޭ މި އާ ކެޓަގަރީ – މޫލީ މާކެޓް މެދުވެރިކޮށް، ލޯކަލް މާރުކޭޓުން ލިބޭ ތާޒާ މޭވާ އާއި ތަރުކާރީ އޮންލައިންކޮށް ގަނެ ގެ އާއި ހަމައަށް މުޅިން ހިލޭ ފޯރުކޮށްދޭނެ ކަމަށެވެ. މޫލީ މާކެޓަކީ މި ރަމަޟާން މަހު ފިހާރަތަކާއި މާރުކޭޓުތަކުގައި ކިޔޫގައި ނުޖެހި ބާޒާރުކޮށްލުމުގެ ފަސޭހަ ފަހި ވެގެންދާނެ ހިދުމަތެއް ކަމަށް އެ ކުންދުނިން ބުނެ އެވެ.

މޫލީ މެދުވެރިކޮށް ލިބެން ހުރި މޭވާ އާއި ތަރުކާރީގެ ބާވަތްތަކުގެ ތެރޭގައި ލުނބޯ، ފިޔާ، ހިކަނދިފަތް، ކެބެޖް، އަލަނާސި، ބަރަބޯ އިނގުރު، ފެހި މިރުސް ފަދަ ތަކެތި ހިމެނެ އެވެ. މޫލީ މާކެޓުގައި ލިބެން ހުރި ތަރުކާރީ އާއި މޭވާ ހޯދަނީ ލޯކަލް މާރުކޭޓްގައި ވެސް ވިޔަފާރި ކުރާ ފަރާތްތައް ކަމަށްވާ ހެބިޓަސް ފްރެޝް އަދި އެގްރިޒާރ މޯލްޑިވްސް ފަދަ ވިޔަފާރިތަކުންނެވެ.

އުރީދޫން ބުނީ ހުޅުމާލެ އަދި ވިލިމާލެ ހިމެނޭހެން މާލޭގެ ކޮންމެ ގެއަކަށް ހިލޭ ޑެލިވަރީ ކޮށްދޭނެ ކަމަށެވެ.

މި ހިދުމަތާއި ގުޅޭގޮތުން އުރީދޫގެ މެނޭޖިން ޑިރެކްޓަރު ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ ކަސްޓަމަރުންނަށް ކިއުގައި ނުޖެހި ކޮންމެތާކުންވެސް ފަސޭހަކަމާއެކު ބާޒާރުކޮށްލުމުގެ ތަޖުރިބާއެއް ހޯދައިދިނުމުގެ ވިސްނުމާ އެއްގޮތަށް މާލެ ސިޓީ ކައުންސިލާއި ގުޅިގެން މޫލީ މާކެޓް ތައާރަފްކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

މޫލީ މާކެޓާއެކު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ލޯކަލް މާރުކޭޓުން ތާޒާ މޭވާ އާއި ތަރުކާރީ އޯޑަރުކޮށް، ގެއަށް ހިލޭ ޑެލިވަރީ ކުރުމުގެ ފަސޭހަ ލިބިގެންދާނެ ކަމަށާއި މޫލީ މަކެޓަކީ ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމަށާއި، ދިވެހި ވިޔަފާރިތައް ބާރުވެރިކުރުވައި، ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުމުގެ ތަސައްވުރާ އެއްގޮތުގެ މަތިން އުރީދޫން ކުރަމުންދާ މަސައްކަތުގެ ތެރެއިން ތައާރަފްކުރެވުނު ހިދުމަތެއް ކަމަށެވެ.

ކުރިއަށް އޮތްތަނުގައިވެސް ކަސްޓަމަރުންނަށް މިފަދަ ޙިދުމަތްތައް ފޯރުކޮށްދިނުމުގައި އުރީދޫ އިން ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވާ ކަމަށް ވިދާޅުވި އެވެ.

ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އޮންލައިންކޮށް ބާޒާރުކުރުމުގެ ތަޖުރިބާއެއް ހޯދާ ދިނުމުގެ އިތުރުން ލޯކަލް މާރުކޭޓުގެ ވިޔަފާރިތަކަށް އެ ވިޔަފާރިތަކުގެ މުދާ މޫލީގައި ލިސްޓު ކުރުމުގެ ފުރުސަތު ވެސް މި ހިދުމަތުގެ ތެރެއިން އޮވެ އެވެ. އުރީދޫއިން ބުނީ މޫލީ މާކެޓާއި ގުޅެން ބޭނުންވާ ފަރާތްތަކުން [email protected] މެދުވެރިކޮށް މިކަމާ ބެހޭ އިތުރު މައުލޫމާތު ހޯދޭނެ ކަމަށެވެ.

މާލެ ސިޓީ ކައުންސިލާ އާއި ގުޅިގެން ތައާރަފް ކުރެވުނު މި ހިދުމަތުން ދައްކުވައިދެނީ މޫލީ އިން ދިވެހި ވިޔަފާރިތައް ބާރުވެރި ކުރުވާ އިތުރު ހަރުފަތަކަށް ގެންދިއުމަށް ދޭ އަހައްމިއްޔަތުކަމެވެ.

މޫލީ މާކެޓް މެދުވެރިކޮށް ވިޔަފާރިކުރުމަށް http://ore.do/markettodoorstep ޒިޔާރަތްކޮށް އޯޑަރު ކުރެވޭނެ އެވެ. ރާއްޖޭގެ ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރުންނަށް ވެސް މޫލީ މެދުވެރިކޮށް ވިޔަފާރިކުރުމުގެ ލުއިފަސޭހަކަން ހޯދުމަށް މޫލީ އިން ދައުވަތުއަރުވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް