އުތުރުގެ ވިއަވަތި ކޮންފަރެންސް އަންނަ މަހު ހަނިމާދޫއާ ކުޅުދުއްފުށީ ސިޓީގައި

އުތުރަށް ހާއްސަކޮށް ބާއްވާ މިއަހަރުގެ ފުރަތަމަ ވިއަވަތި ކޮންފަރެންސް އަންނަ މަހު ހދ. ހަނިމާދޫ އަދި ކުޅުދުއްފުށީ ސިޓީގައި ބާއްވަން ހަމަޖައްސައިފި އެވެ. އެންމެ ފުރަތަމަ ވިއަވަތި ކޮންފަރެންސް ބޭއްވީ އއ. ...

07 Apr 2023 | 05:39

އުތުރަށް ހާއްސަކޮށް ބާއްވާ މިއަހަރުގެ ފުރަތަމަ ވިއަވަތި ކޮންފަރެންސް އަންނަ މަހު ހދ. ހަނިމާދޫ އަދި ކުޅުދުއްފުށީ ސިޓީގައި ބާއްވަން ހަމަޖައްސައިފި އެވެ.

އެންމެ ފުރަތަމަ ވިއަވަތި ކޮންފަރެންސް ބޭއްވީ އއ. އުކުޅަހުގައި މިދިޔަ އަހަރުގެ މެއި މަހު އެވެ. ދެވަނަ ކޮންފަރެންސް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވީ ލ. ގަމުގައި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ހަނިމާދޫ އާއި ކުޅުދުއްފުށީ ސިޓީގައި ކުރިޔަށްދާ ކޮންފަރެންސް އޮންނާނީ މެއި12-14 އަށް ކަމަށެވެ. މި ކޮންފަރެންސްގައި އުތުރުގެ އަތޮޅުތަކުގެ ކުޅުދުއްފުށީ ސިޓީގެ މޭޔަރާއި، އަތޮޅު އަދި ރަށު ކައުންސިލްގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސުން ބައިވެރިވެވަޑައިގެންނަވާނެ އެވެ.

މި ބައްދަލުވުމުގައި ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގެންނަވާނީ ކެބިނެޓް މިނިސްޓަރުންނާއި، ސަރުކާރު މުއައްސަސާތަކުގެ އިސްވެރިންނާއި، ޓެކްނިކަލް މުވައްޒަފުންނެވެ.

ވިއަވަތި ރާއްޖެ އަކީ އަލަށް އިންތިޚާބުކުރި ކައުންސިލްތަކާއި، އ.ތ.މ ކޮމިޓީތަކާއެކު ރައީސުލްޖުމްހޫރިއްޔާ ބާއްވަމުން ގެންދަވާ ސިލްސިލާ މަޝްވަރާ ބައްދަލުވުންތަކެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް