އޭޑީކޭ ނާޝީދުގެ ތާއީދު ރައީސް ސޯލިހަށް

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އޭޑީކޭ ކުންފުނީގެ ވެރިޔާ އަހްމަދު ނާޝިދު (އޭޑީކޭ ނާޝިދު) ގެ ތާއީދުކުރައްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކަން ހާމަކުރައްވައިފިއެވެ. އެގޮތުން ރައީސް ސޯލިހް...

06 Apr 2023 | 21:23

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އޭޑީކޭ ކުންފުނީގެ ވެރިޔާ އަހްމަދު ނާޝިދު (އޭޑީކޭ ނާޝިދު) ގެ ތާއީދުކުރައްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކަން ހާމަކުރައްވައިފިއެވެ.

އެގޮތުން ރައީސް ސޯލިހްގެ ފޮޓޯފުޅަކާއެކު ނާޝިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އޭރުވެސް ރައީސް ސޯލިހް ކަމަށާއި އަދި މިހާރުވެސް ރައީސް ސޯލިހް ކަމަށެވެ.

https://twitter.com/ADKNashid/status/1644041601923313664

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރުކަންވެސް ކުރިން ކުރެއްވި ވިޔަފާރިވެރިޔާ މިހެން ވިދާޅުވެފައިވާއިރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ތާއީދުކުރައްވަނީ ރައީސް ސޯލިހަށްކަން ހާމަކުރައްވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް