ހިޔާ ފްލެޓެއްގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގަން މެދުވެރިވީ ނިއްވާނުލާ އެއްލާލި ސިނގިރޭޓު ފިލްޓަރަކުން ކަމަށް ޝައްކު ކުރެވޭކަމުގައި އަރބަންކޯއިން ބުނެފިއެވެ.
މިކަމާއި ގުޅޭގޮތުން އަރބަންކޯއިން މިރޭ ބުނެފައިވަނީ ހިޔާ ފްލެޓް 05 02-17 ގެ ބެލްކަނީގައި ރޯވި ހާދިސާގައި މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުން، އެ ހާދިސާ ހިނގާފައިވަނީ ބެލްކަނީގައި ހުރި ކުނިތަކެއގެ މައްޗަށް ނިއްވާނުލާ މީހަކު އެއްލާލި ސިނގިރޭޓު ފިލްޓަރެއްގެ ސަބަބުން ކަމަށް ޝައްކު ކުރެވޭކަމަށެވެ.
"މިފަދަ އަމަލުތައް ނުކުރުމަށް މި ފުރުސަތުގައި ނަސޭހަތްތެރިވަމެވެ"އަރބަންކޯއިން ބުނެފައިވެއެވެ.
https://twitter.com/hdcmaldives/status/1644078285654228993
އަލިފާނުގެ މި ހާދިސާއާއި ގުޅިގެން އެ ޓަވަރުން މީހުން ހުސްކުރަން ޖެހުނެވެ.
މި ހާދިސާއާއި ގުޅޭގޮތުން އެމްއެންޑީއެފުން ބުނެފައިވަނީ އަލިފާން ނިއްވާލާފައިވާކަމަށާއި މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް