ސަފާ ގްރޫޕަށް ފައިސާ ދެއްކި މީހުންނަށް މި ރޯދަ މަހު އުމްރާއަށް ނުދެވޭނެކަން ހާމަކޮށްފި

އަލް ސަފާ ޕްރައިވެޓް ލިމިޓެޑްގެ ހަވާލުގައި މި ރޯދަ މަހު އުމްރާއަށް ދާން ފައިސާ ދެއްކި ފަރާތްތަކަށް މި ރޯދަ މަހު ދެން އުމްރާއަށް ނުދެވޭނެކަމުގައި އެ ގްރޫޕުން އަންގައިފިއެވެ. އެކަން ހާމަކޮށް އެ ގްރޫޕުން...

06 Apr 2023 | 20:18

އަލް ސަފާ ޕްރައިވެޓް ލިމިޓެޑްގެ ހަވާލުގައި މި ރޯދަ މަހު އުމްރާއަށް ދާން ފައިސާ ދެއްކި ފަރާތްތަކަށް މި ރޯދަ މަހު ދެން އުމްރާއަށް ނުދެވޭނެކަމުގައި އެ ގްރޫޕުން އަންގައިފިއެވެ.

އެކަން ހާމަކޮށް އެ ގްރޫޕުން ނެރުނު "ދަންނަވާލުމެއް"ގައި ބުނެފައިވަނީ ވިސާ ނުލިބުމުގެ ސަބަބުން ފުރަން އޮތް ދުވަހު ނުފުރުމާއި ގުޅިގެން މި ރަމަޟާން މަހުގެ ބާކީ އޮތް ދުވަސްތަކުގައިވެސް މައްކާއަށް ދިއުމަށް ފުރޭތޯ މިހާތަނަށް ކުރެވުނު މަސައްކަތްތަކަށް އެއްވެސް ކުރިމަގެއް ފެންނަން ނެތުމުގެ ސަބަބުން މި އަހަރުގެ ރަމަޟާން މަހުގެ އުމްރާ ދަތުރު ކެންސަލް ކުރެވިފައިވާކަމުގައި ހިތާމަޔާއެކު ދަންނަވާކަމަށެވެ.

"ދަތުރާ ގުޅުން ހުރި މައްސަލަތައް ހައްލު ކުރުމަށްޓަކާ ކުރިއަށް ދުވަސްތަކުގެ ކޮންމެ ބޭފުޅަކަށްވެސް މި ޖަމާއަތުގެ ފަރާތުން ވަކިން ގުޅަމުން ދާނެ ވާހަކަވެސް މައުލޫމާތަށްޓަކާ ދަންނަވަމެވެ." އެ ދަންނަވާލުމުގައި ބުނެފައިވެއެވެ.

އެ ގްރޫޕުން އިއްޔެ ހެނދުނު ފުރާން އޮތް 180 މީހުން ފުރާން ދާންވެސް ކުރިން ބުންޏެވެ. އެހެން ނަމަވެސް ފަތިހު މެސެޖަކުން އެންގީ ވިސާ ހަމަ ނުޖެހުނު ކަމަށެވެ.

ދުވަހަށް މިއަދު މައުލޫމާތުދެމުން އެ ގްރޫޕުން ބުނީ ފުރަން ދާން ބުނީ ވިސާ ހަމަޖެހޭނެކަމަށް އެޖެންޓު ދެމުންދިޔަ ޔަގީންކަމުގެ މައްޗަށް ކަމަށާއި އެހެން ނަމަވެސް އެކަން ފަހުވަގުތާއި ހަމައަށްވެސް ނުވެ ދިޔައީ ކަމަށެވެ.

މި މައްސަލައިގާ ގިނަ ބަޔަކު އަންނަނީ އެ ގްރޫޕަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އަދި މިއީ ހަމަ ގަސްތުގައި ބައެއްގެ އަތުން ފައިސާ ހޯދުމަށް ހިންގި ބޮޑު ޖަރީމާއެއްގެ ގޮތުގައިވެސް އަންނަނީ ސިފަ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް