ހިޔާ ޓަވަރެއްގައި އަލިފާނުގެ ހާދިސާއެއް – ޓަވަރުން މީހުން ހުސްކުރި

ހިޔާ ފްލެތްތަކުގެ ތެރެއިން ޓަވަރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ޓަވަރަކުން މީހުން ހުސްކޮށްފިއެވެ. ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅެނީ ހިޔާ ފްލެޓްތ...

06 Apr 2023 | 20:02

ހިޔާ ފްލެތްތަކުގެ ތެރެއިން ޓަވަރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ޓަވަރަކުން މީހުން ހުސްކޮށްފިއެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅެނީ ހިޔާ ފްލެޓްތަކުގެ ތެރެއިން ޓަވަރު ފަހެއްގައެވެ. ބެލެވޭގޮތުގައި ރޯވެފައިވަނީވެސް ބެލްކަންޏެއްގައެވެ.

އެހެންނަމަވެސް އެ ޓަވަރުން މީހުން ހުސްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައި ދުވަހަށް މައުލޫމާތު ދިން، އެ ޓަވަރުގައި ހުރި މީހަކު ބުނެފައިވެއެވެ.

މީޑިއާއަށް މައުލޫމާތުދެމުން އެމްއެންޑީއެފުން ބުނެފައިވަނީ ހިޔާ ފްލެޓް 5ގެ 17 ވަނަ ފަންގިފިލާގައި ހިނގި އަލިފާން ވަނީ ނިއްވާލާފައި ކަމަށާއި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭކަމަށް މައުލޫމާތު ލިބިފައިވާކަމަށެވެ.

https://twitter.com/axanner/status/1644064563690868736

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް