މާފުށީ ޖަލުގައި ދެ ފުޓްސަލް ދަނޑު އަޅަން ނިންމައިފި އެވެ.
މިކަން ހާމަ ކުރެއްވީ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފެވެ.
މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާފުށި ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ ފަރާތްތަކަށް ކަސްރަތުކޮށް އަދި ކުޅެއުޅުމުގެ ފުރުސަތު އޮންނަޖެހޭކަމަށް މިނިސްޓްރީން ގަބޫލު ކުރާ ކަމަށެވެ. އަދި އެފަދަ ފުރުސަތެއް ގައިދީންނަށް ފަހިވެފައި އޮތުމަކީ ކަރެކްޝަނަލް ސާވިސްއިން ވެސް އެދޭ ކަމެއް ކަމަށެވެ.
މަހުލޫފް ވިދާޅުވީ ޖަލުގައި ހަދަން ނިންމާފައިވާ ދެ ދަނޑަކީ ގައިދީންނަށް ހާއްސަ ދަނޑަކާއި ޕްރިޒަން އޮފިސަރުންނަށް ހާއްސަ ދަނޑެއް ކަމަށެވެ.
ދަނޑު ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ކަރެކްޝަންސް އާއި އެވެ.
https://twitter.com/AhmedMahloof/status/1511992775675326467
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް