ޔޫކްރެއުނުން ނޭޓޯގައި އެދެނީ ތިން ކަމަކަށް، އެއީ ހަތިޔާރު، ހަތިޔާރު އަދި ހަތިޔާރަށް!

ރަޝިއާއިން އަރައި ސުންނާފަތި ކުރަމުންދާ ޔޫކްރެއިނުން ނޯތް އެތްލާންޓިކް ޓްރިއަޓީ އޮގަނައިޒޭޝަން (ނޭޓޯ) ގައި އެދެން އޮތީ ތިން ކަމަކަށް ކަމަށް އެ ގައުމުން ބުނެފި އެވެ. ނޭޓޯގެ ގައުމުތަކުގެ ފޮރިން މިނިސްޓަ...

07 Apr 2022 | 12:06

ރަޝިއާއިން އަރައި ސުންނާފަތި ކުރަމުންދާ ޔޫކްރެއިނުން ނޯތް އެތްލާންޓިކް ޓްރިއަޓީ އޮގަނައިޒޭޝަން (ނޭޓޯ) ގައި އެދެން އޮތީ ތިން ކަމަކަށް ކަމަށް އެ ގައުމުން ބުނެފި އެވެ.

ނޭޓޯގެ ގައުމުތަކުގެ ފޮރިން މިނިސްޓަރުންނާއި އެކު ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމުގެ ކުރިން ޔޫކްރެއިންގެ ފޮރިން މިނިސްޓްރު ޑައިޓްރޯ ކުލެބާ ވިދާޅުވީ އެ ގައުމުން ޑިމާންޑު ކުރާނީ ތިން ކަމަކަށް ކަމަށާއި އެކަންކަން އެ ޖަމާއަތަށް ވަރަށް ރަނގަޅަށް ސާފުވާނެ ކަމަށެވެ. އެއީ ހަތިޔާރު، ހަތިޔާރު އަދި ހަތިޔާރުކަން ފާހަގ ކުރައްވާ އޭނާ ވިދާޅުވީ އެ ޖަމާއަތުން ބޭނުންވަނީ ފެންވަރު ރަނގަޅު ރަޝިއާ ބަލި ކުރެވޭނެ ވަރުގަދަ މޮޅު ހަތިޔާރު ކަމަށެވެ.

ކުލެބާ ވިދާޅުވީ ވީހާވެސް އަވަހަށް އަނެއްކާވެސް ހަތިޔާރު ލިބިއްޖެ ނަމަ ޔޫކްރެއިންގެ އެތައް ރައްޔިތުންނެއްގެ ފުރާނަ ސަލާމަތް ކުރެވޭނެ ކަމަށެވެ. އަދި އެ ގައުމުގެ ސިޓީތަކާއި ވިލެޖުތައް ސަލާމަތް ކުރެވޭނީ ނޭޓޯއިން އެހީވެގެން ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޔޫކްރެއިނަށް ހަތިޔާރު ފޯރުކޮށްދިނުމަކީ ނޭޓޯއަށް ލިބޭނެ ހިތްހަމަ ޖެހުމެއް ކަމަށެވެ. އެއީ ރަޝިއާގެ ހަމަލާއެއް އެ ޖަމާއަތުގެ ގައުމަކަށް ދިއުމަކީ އެދޭނެ ކަމަކަށް ނުވާނެކަން ޔަގީންވާތީ ކަމަށެވެ.

ރަޝިއާ ސިފައިން ޔޫކްރެއިންގެ ވެރިރަށް ކީވް ވަށާލާފައި ތިބުމަށް ފަހު މިހާރު ވަރަށް ބޮޑަށް ފަހަތަށް ޖެހިފައިވާއިރު އެންމެ ބޮޑަށް ގެއްލުން ލިބެމުން ދަނީ ކީވް އާއި ކައިރީގައި އޮންނަ ސިޓީއެއް ކަމަށްވާ ބުޗާސް އަށެވެ. ރިޕޯޓުތައް ބުނާގޮތުގައި ރަޝިއާގެ ހަމަލާތަކުގައި އެ ސިޓީގެ އާންމު އެތައް ސަތޭކަ ރައްޔިތުންނެއް ވަނީ މަރުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް