ކޫއްޑޫ ފެކްޓްރީން 50 މެޓްރިކް ޓަނަށް ވުރެ ގިނަ ބާދަގަނޑު ނީލަން ކިޔަނީ

ރާއްޖޭގެ އެންމެ ބޮޑު ސިނާއީ ރަށް ކަމަށްވާ ކޫއްޑޫ ފެކްޓްރީން 50 މެޓްރިކް ޓަނަށް ވުރެ ގިނަ ބާދަގަނޑު ނީލަން ކިޔަން ތައްޔާރު ވެއްޖެއެވެ. ކޫއްޑޫ ފެކްރީގައި ހުރި ބާދަގަނޑު ނީލަަށް ކިޔަން ނިންމުމާ ބެހޭ ގޮތު...

07 Apr 2022 | 11:25

ރާއްޖޭގެ އެންމެ ބޮޑު ސިނާއީ ރަށް ކަމަށްވާ ކޫއްޑޫ ފެކްޓްރީން 50 މެޓްރިކް ޓަނަށް ވުރެ ގިނަ ބާދަގަނޑު ނީލަން ކިޔަން ތައްޔާރު ވެއްޖެއެވެ.

ކޫއްޑޫ ފެކްރީގައި ހުރި ބާދަގަނޑު ނީލަަށް ކިޔަން ނިންމުމާ ބެހޭ ގޮތުން މިފްކޯއިން ބުނީ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި ހުރި 50 މެޓްރިކްޓަންގެ ބާ ދަގަނޑު ނީލަމުގައި ވިއްކާލުމަށް ގަސްތުކުރާ ކަމަށެވެ.

އަދި މި އަދަދުތަކަކީ އަންދާޒާ އަދަދުތަކަކަށް ވާތީ، އުނި އިތުރު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

މި ބާދަގަނޑުތައް ނީލަންކިޔުން އޮންނާނީ، މިމަހުގެ 10 ވަނަ ދުވަހުގެ ހެނދުނު 11.00 ގައި މިފްކޯ ހެޑް އޮފީހުގަ އެވެ.

ނީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންދިއުމުން ބައިވެރިވެވޭނެ ކަމަށް މިފްކޯއިން ހާމަކުރެއެވެ.

މީގެ އިތުރުން މިފްކޯއިން ބުނީ ނީލަމުގައި ބައިވެރިވާ ކޮންމެފަރާތަކުން ވެސް 10,000ރގެ ޑިޕޮޒިޓެއް ބަހައްޓަން ޖެހޭނެ ކަމަށެވެ.

ނީލަމުގައި ބައިވެރިވެ، ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން މި ތަކެތި ހަފުތާއެއްގެ ތެރޭގައި ގެންދަން ޖެހޭނެ ކަމަށް މިފްކޯއިން ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް