މި މަހަކީ އެންމެ ހޫނުގަދަ މަސް، އެންމެ ހޫނުގަދަވާނީ މެންދުރު 2 ޖަހާއިރު: މެޓް

މި ހިނގާ އޭޕްރީލް މަހަކީ އަހަރުގެ އެންމެ ހޫނުގަދަ މަސް ކަމުގައި މެޓު އޮފީހުން ހާމަކޮށްފިއެވެ. ޑާޓާތަކާ ހަވާލާދީ އެ އޮފީހުން ބުނެފައިވަނީ އޭޕްރީލް މަހަކީ އަހަރުގެ ތެރޭގައި މުޅި ރާއްޖެއަށް އެންމެ ހޫނުގަ...

07 Apr 2022 | 11:21

މި ހިނގާ އޭޕްރީލް މަހަކީ އަހަރުގެ އެންމެ ހޫނުގަދަ މަސް ކަމުގައި މެޓު އޮފީހުން ހާމަކޮށްފިއެވެ.

ޑާޓާތަކާ ހަވާލާދީ އެ އޮފީހުން ބުނެފައިވަނީ އޭޕްރީލް މަހަކީ އަހަރުގެ ތެރޭގައި މުޅި ރާއްޖެއަށް އެންމެ ހޫނުގަދަ މަސް ކަމަށެވެ.

"މި ދުވަސްވަރު ވައިމަޑުވުމާއި އޭގެ ސަބަބުން ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައިހުރުމުން ވައިގެ ހޫނުމިނަށްވުރެ އިހުސާސްކުރެވޭ ހޫނުމިން އެތައް ގުނައެއް މަތިވޭ" މެޓުން ބުނެފައިވެއެވެ.

އެ އޮފީހުން ބުނެފައިވަނީ މިއީ އިރުވައި މޫސުމުން ހުޅަނގު ޫސުމަށް ބަދަލުވާ ދުވަސްވަރުކަމަށްވެސް ބުނެފައިވެއެވެ.

މެޓް އޮފީހުން ހާމަކޮށްފައިވާ މިއަދުގެ ޑާޓާތަކަށް ބަލާލާއިރު އެންމެ ހޫނުގަދައީ ލާމު ކައްދޫ ހިމެނޭ ސަރަހައްދަށެވެ. އެ ސަރަހައްދުގެ ފިނިހޫނުމިން 32 ޑިގްރީ ސެލްސިއަސްގައި ހުރި އިރު އިހުސާސްކުރެވޭ ފިނިހޫނުމިން ހުރީ 41.5 ޑިގްރީ ސެލްސިއަސްގައެވެ.

ކާޑެއްދޫ ސަރަހައްދާއި އައްޑޫސިޓީ ސަރަހައްދުގެ ފިނިހޫނުމިން 31.1ގައި ހުރި އިރު އިހުސާސްކުރެވޭ ފިނިހޫނުމިން ހުރީ 36.4ގައެވެ.

މާލެ ސަރަހައްދުގައި ފިނިހޫނުމިން 31.5ގައި ހުރި އިރު އިހުސާސްކުރެވޭ ފިނިހޫނުމިން ހުރީ 38.6ގައެވެ.

މެޓުން ބުނެފައިވާގޮތުގައި  ކޮންމެ ދުވަހަކު 11:00 އާއި 14:00 އަދި 17:00ގައި ފަސް ސްޓޭޝަންގެ ވައިގެ ފިނިހޫނުމިނާއި އިހުސާސްކުރެވޭ ފިނިހޫނުމިން ދަނީ އާއްމުކުރަމުންނެވެ. ދުވަހުގެ ހޫނުމިން އެންމެ ގަދަވެގެންދާނީ އާއްމުކޮށް މެންދުރުފަހު   14:00ހާއިރު ކަމަށް ބުނެފައިވެއެވެ.

އިހުސާސްކުރެވޭ ފިނިހޫނުމިން ބިނާވަނީ އެސަރަހައްދެއްގެ އަސްލު ފިނިހޫނުމިނާއި ވައިގެ ތެތްކަމުގެ އެވްރެޖް ނިސްބަތަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް