ކޮވިޑްގެ ތަފާތު ވޭރިއަންޓްތައް ދެނެގަތުމަށް ބޭނުންކުރާ މެޝިނެއް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ރާއްޖެއަށް ހަދިޔާ ކޮށްފި އެވެ.
ރާއްޖޭން ވެސް ކޮވިޑްގެ ތަފާތު ވޭރިއަންޓްތައް ފެނިފައިވާއިރު ރާއްޖޭން ކޮވިޑް ވޭރިއަންޓް ދެނެގަތުމަށް ޓެސްޓް ހަދަމުން ދިޔައީ ބައެއް ގައުމުތަކަށް ސާމްޕަލް ފޮނުވައިގެންނެވެ.
ނަމަވެސް ޑަބްލިއުއެޗްއޯ އިން ހަދިޔާ ކުރި މެޝިންގެ ސަބަބުން ވޭރިއަންޓް ދެނެގަތުމަށް ހޭދަވާ ވަގުތު އަވަސް ކުރެވި ރާއްޖޭން ބޭރަށް ސާމްޕަލް ފޮނުވަން ކުރިން ކުރި ހޭދަ ކުޑަވާނެ ކަމަށް އެ ޖަމިއްޔާއިން ހާމަކުރެއެވެ.
މި މެޝިނުން އިންފްލުއެންޒާ އާއި ހިމަބިހި ފަދަ ބަލިތައް ފެތުރޭ މިންވަރު ދެނެގަނެވޭނެ ކަމަށް ޑަބްލިއުއެޗްއޯ އިން ހާމަކުރެއެވެ.
ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް ހަވާލުކުރި އެ މެޝިނާ ހަވާލުވެވަޑައިގަތީ ހެލްތު މިނިސްޓަރު އަހްމަދު ނަސީމް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް