ހުޅުމާލޭ ނިރޮޅުމަގު ދާލަން އަދި ހިތިގަސްމަގު ދާލަން ސަރަހައްދުގެ ޓްރެފިކަށް ބަދަލުތަކެއް

ހުޅުމާލޭ ފޭސް ދެއެއް ބުރިޖް ހިމެނޭ ނިރޮޅުމަގު ދާލަން އަދި ހިތިގަސްމަގު ދާލަން ސަރަހައްދުގެ ޓްރެފިކަށް ބޮޑަތި ބަދަލު ތަކެއް ގެނެސްފިއެވެ. އެޗްޑީސީން ބުނީ ނިރޮޅުމަގު ދާލަން އަދި ހިތިގަސްމަގު ދާލަން ސަރަ...

07 Apr 2022 | 09:18

ހުޅުމާލޭ ފޭސް ދެއެއް ބުރިޖް ހިމެނޭ ނިރޮޅުމަގު ދާލަން އަދި ހިތިގަސްމަގު ދާލަން ސަރަހައްދުގެ ޓްރެފިކަށް ބޮޑަތި ބަދަލު ތަކެއް ގެނެސްފިއެވެ.

އެޗްޑީސީން ބުނީ ނިރޮޅުމަގު ދާލަން އަދި ހިތިގަސްމަގު ދާލަން ސަރަހައްދުގެ ޓްރެފިކަށް ގެނެވިފައިވާ ބަދަލުތަކަކީ މިސަރަހައްދުގެ މަގުތައް ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ގެނެވުނު ބަދަލުތަކެއްކަމަށެވެ.

ނިރޮޅުމަގު ދާލަން ސަރަހައްދަށް ގެނެވުނު ބަދަލަކީ ނިރޮޅުމަގު އުތުރުން ދެކުނަށް ދަތުރުކުރައްވާ ފަރާތްތަކަށް ދަތުރުކުރެވޭނީ ހަމައެކަނި ކުރިއަށެވެ. މި މަގުން ކުރެދިމާ ހިނގުމުގެ ވައަތަށް އަދި ކަނާއަތަށް ލަނބައެއް ނުލެވޭނެއެވެ.

މި ބަދަލާއެކު ނިރޮޅުމަގު ގޯޅި އެކަކުން ދަތުރުކުރެވޭނީ ހަމައެކަނި ހުޅަނގުން އިރަށެވެ. ނިރޮޅުމަގު ދެކުނުން އުތުރަށް ދަތުރުކުރައްވާ ފަރާތްތަކުން ދަތުރުކުރެވޭނީ ކުރިއަށް ، ނުވަތަ ލަނބާލެވޭނީ ކުރެދިމާ ހިނގުމުގެ ވައަތައްށެވެ. މިމަގުން ދަތުރުކުރައްވާ ފަރާތްތަކުން ކުރެދިމާ ހިނގުމަށް ކަނާއަތަކަށް ލަނބައެއްނުލެވޭނެއެވެ. މި ބަދަލާއެކު ކުރެދިމާ ހިނގުން، ނިރޮޅުމަގު ދާލަމުން ފެށިގެން ހިތިގަސް މަގު ދާލަމަށް ދަތުރު ކުރެވޭނީ ހަމަ އެކަނި އިރުން ހުޅަނގަށެވެ.

ހިތިގަސްމަގު ދާލަން ސަރަހައްދައް ގެނެވޭ ބަދަލުތަކަކީ ހިތިގަސްމަގު އުތުރުން ދެކުނަށް ދަތުރުކުރައްވާ ފަރާތްރަކުން ދަތުރުކުރެވޭނީ ހަމަ އެކަނި ކުރިޔަށެވެ. ކުރެލިމާ ހިނގުމަށް ވައަތަށް ލަނބައެއް ނުލެވޭނެއެވެ. މިމަގުން ދަތުރުކުރައްވާ ފަރާތްތަކުން ކުރެލިމާ ހިނގުމަށް ކަނާއަތަށް ލަނބައެއް ނުލެވޭނެއެވެ.

ހިތިގަސްމަގުން ދެކުނުން އުތުރަށް ދަތުރު ކުރައްވާ ފަރާތްތަކުން ދަތުރު ކުރެވޭނީ ކުރިޔަށް ނުވަތަ ލަނބާލެވޭނީ ވައަތަށް ކުރެދިމާ ހިނގުމަށެވެ. މި މަގުން ދަތުރު ކުރައްވާ ފަރާތްތަކުން ކުރެދިމާ ހިނގުމުގެ ކަނާއަތަށް ލަނބައެއް ނުލެވޭނެއެވެ. ކުރެދިމާ ހިނގުމުން ހުޅަނގުން އިރަށް ދަތުރުކުރައްވާ ފަރާތްތަކަށް ލަނބާލެވޭނީ ހިތިގަސްމަގު ދާލަމަށް ވައަތަށެވެ. ހިތިގަސްމަގު ކަނާއަތަކަށް ލަނބައެއް ނުލެވޭނެއެވެ.

https://twitter.com/hdcmaldives/status/1511632544537939968

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް