ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް އިބްރާހިމް ތޯހާ ހަމަޖައްސައިފި އެވެ.
ތޯހާ އެ މަގާމަށް އިސްކުރެވުނު އިރު ހުންނެވީ އެމްއޭސީއެލްގެ އެކްޓިން އެމްޑީގެ މަގާމުގައެވެ.
ތޯހާ ވަނީ އެކްޓިން އެމްޑީގެ މަގާމުގެ ކުރިން އެ ކުންފުނީގެ ޑެޕިއުޓީ ޗީފް އޮފިސަރަކަށްވެސް އުޅުއްވާފައެވެ.
އެކްޓިން އެމްޑީއަކަށް ތޯހާ ހަމަޖެއްސީ، އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީގެ މަގާމުގައި ހުންނެވި، އިނގިރޭސި ވިލާތަށް އުފަން ގޯޑަން އެންޑްރޫ ސްޓުވާޓް މަގާމުން ވަކި ކުރުމާގުޅިގެނެވެ.
އެ ކުންފުނީގެ ބޯޑުގައި ތޯހާ އާއެކު މި ވަގުތު ހަތް ބޭފުޅުން ތިއްބަ އެވެ.
އެއީ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އާއި އިބްރާހިމް ނޫރައްދީނާއި އައިޝަތު އަރޫޝާ އާއި އަހުމަދު އީމާން މޫސާ އާއި އިބްރާހިމް ސިޔާދު ގާސިމް އަދި ޑރ. އިބްރާހިމް މަހްފޫޒެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް