ކައުންސިލްތަކަށް ޚާއްސަ ކޯލް ސެންޓަރެއް އިކޮނޮމިކް މިނިސްޓްރީގައި ޤާއިމުކޮށްފި

ކައުންސިލްތަކަށް ޚާއްސަ ކޯލް ސެންޓަރެއް އިކޮނޮމިކް މިނިސްޓްރީގައި ޤާއިމުކޮށްފިއެވެ. އިކޮނޮމިކް މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ މި ކޯލްސެންޓަރަކީ އެވުޒާރާއިން ދެމުންގެންދާ ޚިދުމަތްތަކާ ގުޅިގެން، ކަ...

07 Apr 2022 | 05:54

ކައުންސިލްތަކަށް ޚާއްސަ ކޯލް ސެންޓަރެއް އިކޮނޮމިކް މިނިސްޓްރީގައި ޤާއިމުކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ މި ކޯލްސެންޓަރަކީ އެވުޒާރާއިން ދެމުންގެންދާ ޚިދުމަތްތަކާ ގުޅިގެން، ކައުންސިލްތަކުން ރައްޔިތުންނަށް ފޯރުކޮއްދޭ ހިދުމަތްތަށް އިތުރަށް ހަރުދަނާކުރުމަށްޓަކައި ޤާއިމުކުރި ކޯލަ ސެންޓަރެއް ކަމަށެވެ.

އަދި ކޯލްސެންޓަރުގެ ސަބަބުން ކައުންސިލްތަކާއި މިނިސްޓްރީއާއި ފަސޭހައިން ގުޅޭނެ ކަމަށް އެމިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެ ކޯލްސެންޓަރ މެދުވެރިކޮށް މިނިސްޓްރީން ދެމުންގެންދާ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޚިދުމަތްތަކާއި ބިދޭސީންނާ ގުޅިގެން ދެމުންގެންދާ ޚިދުމަތްތަކާއި ބެހޭ މަޢުލޫމާތު ޙިއްސާކުރުމުގައި އިތުރު ފަސޭހަކަމެއް ލިބިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް