މެކްސިކޯގައި 1986 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ފައިނަލުގައި އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ދުނިޔޭގެ ތާރީޚު ދުށް އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ޑިއޭގޯ މަރަޑޯނާ އިންގްލެންޑް ކޮޅަށް އަތުން ގޯލު ޖެހި އިރު ލައިގެން ހުރި ޖަޒީ ނީލަން ކިޔަން ނިންމައިފިއެވެ.
ބައިނަލް އަޤްވާމީ ނޫސްތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުން އިންގްލެންޑްގެ މިޑްފީލްޑަރު ސްޓީވް ހޮޖް މެޗަށް ފަހު މަރަޑޯނާގެ ޖަރޒީ ހޯދައި، އިންގްލެންޑްގެ ގައުމީ ފުޓްބޯޅަ މިއުޒިއަމްގައި 19 އަހަރު ވަންދެން ޑިސްޕްލޭ ކުރުމަށް ފަހު، ނީލަމުގައި ވިއްކާލަން އިއުލާން ކުރީ އިއްޔެއެވެ. ހޮޖްއަކީ އިންގްލެންޑާއެކު ދެ އަހަރެއްގެ ވޯލްޑް ކަޕް ކުޅެ، ޖުމްލަ 24 މެޗު ކުޅެފައިވާ މިޑްފީލްޑަރެކެވެ.
މީގެ ދެ އަހަރު ކުރިން އުމުރުން 60 އަހަރުގައި 2020 ވަނަ އަހަރު ހާޓް އެޓޭކެއް ޖެހިގެން މަރަޑޯނާ މަރުވުމާ އެކު ހޮޖް އަތުން އެ ޖާޒީ ގަންނަން ގިނަ ބަޔަކު މަސައްކަތްކޮށްފައި ވެއެވެ.
އޭރު އޭނާ ބުނީ ޖާޒީ ނުވިއްކާނެ ކަމަށެވެ. ނަމަވެސް މިހާރު ހޮޖް ވަނީ ޖާޒީ ވިއްކަން އިއުލާނުކޮށްފައެވެ.
މަރަޑޯނާގެ ޖާޒީ ނީލަމުގައި ވިއްކާލަން އިއުލާނުކޮށްފައި ވާއިރު މި ޖާޒީއަށް މަދުވެގެން ހަތަރު މިލިއަން ޕައުންޑަ އަރާނެކަމަށް ލަފާކުރެވެއެވެ.
އޮންލައިންކޮށް ކުރިއަށް ގެންދާ މި ނީލަމުގައި ބައިވެރިވެވޭނީ އޭޕްރީލް މަހުގެ 20 ވަނަ ދުވަހުން ފެށިގެން މެއި މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށެވެ.
މެކްސިކޯގައި 1986 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ފައިނަލުގައި އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗު އާޖެންޓީނާއިން 2-1 އިން ކާމިޔާބު ކޮށްފައިވާ އިރު، އިންގްލެންޑް ކޮޅަން މަރަޑޯނާގެ އަތުން ޖެހި ގޯލުގެ އިތުރުން، އާޖެންޓީނާގެ ދެ ގޯލުވެސް ޖެހީ މަރަޑޯނާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް